ލިއޯ ސްޓޯރސް އެންޑް ސަޕްލައިސްއިން މެރިން އެކްސްޕޯގައި ބައިވެރިވެ، މަޝްހޫރު ބްރޭންޑުތަކުގެ އުފެއްދުންތައް ދައްކާލައިފި

މެރިން އެކްސްޕޯގައި ލިއޯ ސްޓޯރގެ ސްޓޯލެއްގެ ތެރެއިން -- ފޮޓޯ/ ލިއޯ ސްޓޯރސް

ކަނޑު ދަތުރުފަތުރުގެ ދާއިރާއަށް ޚާއްސަކޮށް ބާއްވާ މެރިން އެކްސްޕޯގެ މި އަހަރުގެ އެޑިޝަން ކާމިޔާބުކަމާއެކު ބޭއްވިއިރު، އެ ހަރަކާތުގެ ކޯ ސްޕޮންސަރެއްގެ ގޮތުގައި ލިއޯ ސްޓޯރސް އެންޑް ސަޕްލައިސްއިން ބައިވެރިވެ، ދުނިޔޭގެ މަޝްހޫރު ބްރޭންޑުތަކުގެ އުފެއްދުންތައް ދައްކާލައިފިއެވެ.

ލިއޯ ސްޓޯރސްއަކީ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ، ވިޗާއި މެރިން އިންޖީން ޖެނެރޭޓަރ، ޕެޓްރޯލް އޮފިސީގެ ތެޔޮ، ޕްރެސްޓޯން، ހެމްޕަލް، އަދި ވާޓާ ބެޓެރީގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.

އެ ޕްރަޑަކްޓްތަކުގެ އިތުރުންވެސް މި އެކްސްޕޯގައި މެރިންއާ ގުޅޭ ވަރަށް ގިނަ ޕްރޮޑަކްޓްތައްވަނީ ދައްކާލައިފައެވެ. މީގެތެރޭގައި މަޝްހޫރު ޑޮންގީ އަދި އެޑްވާންސް ގިއަރ ބޮކްސް، ޝާފްޓް، ސްޓާރން ޓިއުބް، އެކި ސައިޒްގެ ބުރަފަތި އަދި ހުންގާނު ސީސްޓެމް ހިމެނެއެވެ.

މެރިން އެކްސްޕޯގައި ލިއޯ ސްޓޯރގެ ސްޓޯލެއްގެ ތެރެއިން -- ފޮޓޯ/ ލިއޯ ސްޓޯރސް

މެރިން އެކްސްޕޯގައި، ލިއޯ ގުރޫޕްސްގެ ގޮތްޕެއް ކަމަށްވާ ބްރެއިން ކޮރަލް އިންވެސްޓްމެންޓްއިން ވިއްކާ މުޅިން އައު ދެ ޕްރޮޑަކްޓް ވަނީ ލޯންޗްކޮށްފައެވެ. އެއީ އައިޓާން އެއަރ ކަންޑިޝަން އާއި ވަރަމޯރާ ޓައިލްސް އެވެ.

މި އެކްސްޕޯގެ މުއްދަތުގައި ވަރަށް ޚާއްސަ ޑިސްކައުންޓްތައް ވަނީ ދީފައެވެ. އަދި ލިއޯ ސްޓޯރގެ އިންސްޓަގްރާމް ޕޭޖް ފޮލޯކޮށްގެން ބައިވެރިވެވޭ ލަކީ ޑްރޯއިންވަނީ، އެކްސްޕޯގެ ކޮންމެ ރެއަކު އިނާމް ދީފައެވެ. މިގޮތުން ވަރަމޯރާ ފޭން، އައިޓޭން އެއަރ ކަންޑިޝަން، އަދި ވެކިއުމް ކްލީނަރ ފަދަ ބޭނުންތެރި ތަކެތި ވަނީ ދީފައެވެ.

ލިއޯ ސްޓޯރސްގެ ޕްރޮޑަކްޓްތައް ކުންފުނީގެ ވެބްސައިޓް (https://www.leostore.mv/shop) އިންނާއި ހުޅުމާލެ ހައިވަކަރު މަގުގައި ހުންނަ ލިއޯ ސްޓޯރސްއަށް ޒިޔާރަތްކުރެއްވުމުންވެސް ބައްލަވައިގަނެވޭނެއެވެ. އަދި 955309 އަށް ގުޅުއްވުމުން އިތުރުމައުލޫމާތު ސާފުވާނެއެވެ.

އަދި ބްރެއިންކޮރަލް އިންވެސްޓްމެންޓްގެ ޕްރޮޑަކްޓްތައް ވެބްސައިޓް (https://www.braincoral.mv) އިންނާއި، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް އެކެއްގައި ހުންނަ ފިހާރައިން ލިބިވަޑައިގަންނަވާނެއެވެ.

comment ކޮމެންޓް