މައްސަލަ ބޮޑުވެފައި ވަނިކޮށް ޕެންޝަން އޮފީހުގެ ސީއީއޯ ވެސް އިސްތިއުފާ ދެއްވައިފި

ސުޖާތާ ހަލީމް---

ސަރުކާރުން އެދުނު ގޮތަށް ޕެންޝަން ފަންޑުގެ ފައިސާ ބޭނުން ކުރަން އެ އޮފީހުގެ ބޯޑުން ނިންމާފައިވަނިކޮށް, ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސާ (ސީއީއޯ) ސުޖާތާ ހަލީމް މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭއިން ޕެންޝަން ފަންޑަށް 2.5 ބިލިއަން ރުފިޔާ އިންވެސްޓްކުރުމަށް ފަހު، އެ ފައިސާ ޕެންޝަން އޮފީހުން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓްކުރުމުގެ މުއާމަލާތެއް ހިންގަން އުޅުމުން އެ ކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން, ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން ޑރ. އަހުމަދު އިނާޒާއި އަމިއްލަ ވިޔަފާރިތައް ތަމުސީލުކުރާ މެންބަރެއްގެ ގޮތުގައި ހުންނެވި ސަރުވަޝް އާދަމާއި ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ހައްވާ ފަޖުވާ ވަނީ އިސްތިއުފާ ދެއްވައިފައެވެ.

https://www.sun.mv/217527

މިއީ ފައިސާ ޗާޕް ކުރުން ކަމަށާއި މިކަމުގެ ސަބަބުން ޕެންޝަން ފަންޑަށާއި ގައުމުގެ އިގްތިސާދަށް ވެސް ވާނީ ގެއްލުން ކަމަށް މާލީ ބައެއް ތަޖުރިބާކާރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ނަމަވެސް އެކަން އެ ގޮތަށް އޮއްވައި, ސަރުކާރުން ބޭނުންވި ގޮތަށް ފަންޑުގެ ފައިސާ ބޭނުން ކުރަން, މިހާރު އޮތް ޕެންޝަން އޮފީހުގެ ބޯޑުން ހޯމަ ދުވަހު ވަނީ ފާސްކޮށްފައެވެ.

އެއާއެކު ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް, "ސަން" އަށް އެނގިފައިވާ ގޮތުގައި ސުޖާތާ މިއަދު ވަނީ ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އަދި އެކަން އެ އޮފީހުގެ މުވައްޒަފުންނަށް ވަނީ އަންގަވައިފައެވެ.

ސަރުކާރުން ބޭނުންވި ގޮތަށް ޕެންޝަން ފަންޑުގެ މުއާމަލާތް ހިންގަން ނިންމިއިރު އެ ބޯޑުގައި ތިއްބެވި ބޭފުޅުން---

ސުޖާތާ އެ މަގާމަށް އައްޔަން ކުރެއްވީ އެކްޓިން ސީއީއޯއަކަށް ހުންނަވަނިކޮށް, 31 އޮކްޓޫބަރު 2022ގައެވެ.

ޕެންޝަން އޮފީހުން ހިންގަން އުޅޭ މުއާމަލާތާ ގުޅިގެން ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަނިކޮށް އިއްޔެ ނެރުނު ބަޔާނެއްގައި އެ އޮފީހުން ބުނެފައިވަނީ، ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވަނީ ދިވެހި ރުފިޔާ އާއި އެމެރިކާ ޑޮލަރުން ރިޓާން ނުވަތަ ފައިދާ ލިބޭ ގޮތަށް ފަރުމާކޮށްފައިވާ "ޑުއަލް ކަރަންސީ" ޓްރެޒަރީ ބޮންޑެއްގައި 2.4 ބިލިއަން ރުފިޔާ އިންވެސްޓް ކުރުމަށް ކަމަށެވެ.

ޕެންޝަން އޮފީހުން ބުނި ގޮތުގައި މި މުއާމަލާތުގެ ސަބަބުން ލިބޭނެ އެންމެ ބޮޑު އެއް ކުރިއެރުމަކީ، ބާޒާރުން ބޭރު ފައިސާ ގަންނަން ނުޖެހި، އިންވެސްޓްމަންޓެއްގެ ތެރެއިން ޕެންޝަން ފަންޑުގައި ބޭރު ފައިސާގެ ރިޒާވެއް އުފެދިގެން ދިއުމެވެ. މީގެ އިތުރުން، މިހާރު ހުރި ބައެއް ޓްރެޒަރީ ބިލްތައް ދިގު މުއްދަތުގެ ބޮންޑުތަކަށް ބަދަލުކުރުމުގެ ފުރުސަތު ލިބި، ޕޯޓްފޯލިއޯގެ އެވަރެޖް ޑިއުރޭޝަން ދިގުވެ، ލިބޭ ފައިދާ އިތުރުވެގެންދާނެ ކަމަށް ވެސް ފާހަގަކުރެއެވެ.

https://www.sun.mv/217547

މިކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން, ޕެންޝަން އޮފީހުގެ ބޯޑުން އެންމެ ފުރަތަމަ އިސްތިއުފާ ދެއްވި ސަރުވަޝް ވިދާޅުވީ އޭނާގެ އިސްތިއުފާގެ ސިޓީގައި ވެސް ބަޔާންކުރި އެއް ވާހަކައަކީ ޕެންޝަން އޮފީހުން ހިންގަން އުޅޭ މުއާމަލާތަކީ، މާކެޓް ޓްރާންސެކްޝަންއެއް ކަމަށްވާނަމަ އެކަމުގައި މައްސަލައެއް ނެތްކަން ކަމަށެވެ.

މައްސަލައަކަށް ވަނީ މިއީ އެމްއެމްއޭ ބައިވެރިވާ ހިސާބުން މާކެޓް ޓްރާންސެކްޝަނަކަށް ނުވާތީކަމަށް އޭނާ ވިދާޅުވިއެވެ. އެމްއެމްއޭއިން ފައިސާ ނެރުނީމާ، ފައިސާގެ ސަޕްލައި އިތުރުވަނީކަމަށާއި އެ ކަން ބެލެވޭނީ ވެސް ފައިސާ ޗާޕުކުރުމުގެ ގޮތުގައިކަމަށް އޭނާ ވިދާޅުވިއެވެ. އަދި މީގެ ސަބަބުން ދިވެހި ފައިސާ ދައުރުވާލެއް އިތުރުވެ, ތަކެތީގެ އަގުތައް އުފުލުމަކީ ވުން ގާތް ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ދެލައްކައެއްހާ މީހުން ކޮންމެ މަހަކު ފައިސާ ލަމުން އަންނަ ޕެންޝަން ފަންޑާ ސަރުކާރުން ބޭނުންވާ ގޮތަށް ކުޅުމުގެ ފުރުސަތު ދިނުމަކީ ބޮޑު ނުރައްކަލެއް ކަމަށް ބުނެ އެތައް ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

comment ކޮމެންޓް