އުރީދޫ މޯލްޑިވްސްއިން 50،000 ކަސްޓަމަރުންނަށް ޓެމޫއިން 100 ޑޮލަރުގެ ޑިސްކައުންޓު ދޭން ނިންމައިފިއެވެ.
އުރީދޫ އިން ވަނީ ދުނިޔޭގެ އެންމެ ބޮޑު އެއް އޮންލައިން ވިޔަފާރިކުރާ ޕޯޓަލް ކަމަށްވާ ޓެމޫއާ އެކު ޕާޓްނާޝިޕެއް ހަދާފައެވެ. އެ ކުންފުނިން ބުނެފައި ވަނީ މިޕާޓްނަޝިޕާއެކު ރޯދަމަހަށް ތައްޔާރުވުމަށް ދިވެހިންގެ ތެރޭގައި ކުރާ ވިޔަފާރިއަށް އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެ ކަމަށެވެ.
އުރީދޫއިން ޓެމޫ އާއެކު ވި އެއްބަސްވުމާއެކު އުރީދޫ އެޕް މެދުވެރިކޮށް 100 ރުފިޔާ ހޭދަކޮށްގެން 50،000 ކަސްޓަމަރުންނަށް 100 ޑޮލަރުގެ ޑިސްކައުންޓް ވައުޗާ ބަންޑްލްއެއް ލިބިގެންދާނެއެވެ. އުރީދޫ އެޕް މެދުވެރިކޮށް އުރީދޫގެ ކަސްޓަމަރުންނަށް ޑިސްކައުންޓް ކޫޕަންތަކުގެ ހާއްސަ ބަންޑަލްއެއް ސީދާ އެޕް މެދުވެރިކޮށް ރިޑީމް ކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މި ޚާއްސަ އޮފާއާއެކު، ޒަރޫރީ ސާމާނާއި ހަދިޔާތަކާއި، ގޭތެރެ ޒީނަތްތެރި ކުރުމާއި، ޕާސަނަލް އައިޓަމްތައް ގަންނަން ފަސޭހަވެ، އަތްފޯރާ ފަށުގައި ގަނެވޭނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.
ގިނަ ދިވެހިން އޮންލައިން ޝޮޕިންއަށް މިސްރާބު ޖަހާފައިވާއިރު، އުރީދޫގެ ވެލިއު އެޑެޑް ހިދުމަތްތައް މެދުވެރިކޮށް އިތުރު ފައިދާތަކެއް ހޯދައިދީ، އެ މީހުންގެ ތަޖުރިބާ އިތުރަށް ރަނގަޅުކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ޓެމޫއާ އެކު މި ޕާޓްނާޝިޕް ވެގެންދާނީ ކަސްޓަމަރުންނަށް ފައިދާހުރި އިނާޔަތްތަކެއް ހޯދައިދީ، އާންމު ދިރިއުޅުމުގައި އިތުރު ލުއި ފަސޭހަތަކެއް ހޯދައިދިނުމަށް އެޅުނު އިތުރު ފިޔަވަޅަކަށް. ހުސައިން ނިޔާޒު، ޗީފް ކޮމާޝަލް އޮފިސަރު، އުރީދޫ މޯލްޑިވްސް
އުރީދޫ އިން ބުނީ ޓެމޫއާ ގުޅިގެން ހަދާފައިވާ މި ޕާޓްނާޝިޕާއެކު އުރީދޫގެ ޑިޖިޓަލް މޯލްޑިވްސް ސިޔާސަތުގެ ދަށުން ރާޢްޖޭގެ ކޮންމެ ހިސާބެއްގައި ހުރި ކަސްޓަމަރަކަށްވެސް ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް މުއާމަލާތްކުރުމަށް ބާރުދޭ ކަމަށެވެ.