ބާސެލޯނާ މޮޅުވި މެޗުގައި ފާމިން ލޮޕޭޒްގެ ދެ ލަނޑު

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޗެކްރިޕަބްލިކްގެ ސްލަވިއާ ޕްރާގް އަތުން ސްޕެއިންގެ ބާސެލޯނާ މުހިންމު މޮޅެއް ހޯދައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މި މެޗު ބާސެލޯނާއިން ކާމިޔާބުކޮށްފައިވަނީ 4-2 ގެ ނަތީޖާއަކުންނެވެ.

މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ ސްލާވިއާ ޕްރާގެވެ. މިއީ މެޗު ފަށައިގެން 10 ވަނަ މިނެޓުގައި އެ ޓީމުގެ ވަސިލް ކާމިޔާބުކުރި ލަނޑެކެވެ.

ނަމަވެސް ބާާސެލޯނާގެ ފާމިން ލޮޕޭޒް ވަނީ މެޗުގެ 32 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްދީފައެވެ. މި ލަނޑު ޖެހިތާ އަށް މިނެޓުފަހުން އޭނާ ވަނީ ބާސެލޯނާއަށް ލީޑު ނަގައިދީފައެވެ.

ސްލަވިއާ ޕްރާގް ވަނީ ފުރަތަމަ ހާފުގެ ފަހުކޮޅު އިތުރު ލަނޑެއް ޖަހާ އެއްވަރުކޮށްފައެވެ. މިއީ ރޮބަޓް ލެވަންޑޮސްކީ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.

ބާސެލޯނާއިން ދެވަނަ ފަހަރަށް ލީޑު ނެގީ މެޗުގެ 63 ވަނަ މިނެޓުގައެވެ. މިއީ ޑެނީ އޮލްމޯ ކާމިޔާބުކޮށްދިން ލަނޑެކެވެ. އޭގެފަހުން މެޗުގެ 70 ވަނަ މިނެޓުގައި މާކަސް ރަޝްފޯޑު ތަނަވަސްކޮށްދިން ފުރުސަތަކުން ލެވަންޑޮސްކީ ވަނީ އިތުރު ލަނޑެއް ޖަހާފައެވެ.

ގަދަ 8 ޓީމަށް ދެވަނަބުރުގެ ޖާގަ ލިބިގެންދާއިރު، މިހާތަނަށް ކުޅުނު ހަތް މެޗުން ނިއުކާސަލް އާއި ބާސެލޯނާގެ އިތުރުން ޗެލްސީއަށް ވަނީ 13 ޕޮއިންޓު ލިބިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު