ނާށި ބޭނުންކޮށްގެން އަތްތެރި މަސައްކަތް ދަސްކޮށްދޭ ވޯކްޝޮޕެއް ޔޫތު މިނިސްޓްރީން ފަށައިފި

ޔޫތު މިނިސްޓްރީން ފެށި ވޯކްޝޮޕް: މި ވޯކްޝޮޕްގައި ހިލޭ ބައިވެރިވެވޭނެ -- ފޮޓޯ/ ޔޫތު މިނިސްޓްރީ

ނާށި ބޭނުންކޮށްގެން އަތްތެރި މަސައްކަތް ދަސްކޮށްދޭ ވޯކްޝޮޕެއް ޔޫތު މިނިސްޓްރީން މިއަދު ފަށައިފިއެވެ.

މިއީ ޒުވާނުންގެ ހުނަރު ކުރިއަރުވަން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ފެށި ޚާއްސަ ވޯކްޝޮޕެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. މި ވޯކްޝޮޕަކީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ވޯކްޝޮޕްގައި 15 ޒުވާނުން ބައިވެރިވެފައިވާއިރު، މި ވޯކްޝޮޕް ކުރިއަށްގެންދަނީ ޔޫތު ހަބްގެ ޓްރެއިނިން ރޫމްގައެވެ.

މި ވޯކްޝޮޕްގައި ކާށިކުނބު ބޭނުންކޮށްގެން ތަފާތު ސަގާފީ އަދި ޒަމާނީ ތަކެތި ފަރުމާކޮށް ތައްޔާރުކުރާނެ ގޮތްތައް ދަސްކޮށްދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ކޮންމެ ދުވަހެއްގެ ވެސް ހަވީރު 16:00 އިން 18:00 އަށް ކުރިއަށްދާ މި ވޯކްޝޮޕަކީ އެއްވެސް ފީއަކާ ނުލައި ހިލޭ ހިންގާ ހަރަކާތެކެވެ. އެހެންވެ، ބޭނުންވާ ޒުވާނުންނަށް މި ވޯކްޝޮޕްގައި ބައިވެރިވެވޭނެއެވެ.

comment ކޮމެންޓް