ހިޔާ ފުލެޓުތަކުގެ އަގާއި އެއްބަސްވުމަށް ގެނައި ބަދަލު ''މައި ހުޅުމާލެ'' ޕޯޓަލްއިން މިހާރު ފެންނާނެ

ހިޔާ ފުލެޓެއް: އެ ފުލެޓުތަކުގެ އަގާއި އެއްބަސްވުމަށް އައި ބަދަލު މައި ހުޅުމާލެ ޕޯޓަލްއިން ފެންނަ ގޮތް ވަނީ ހަދާފައި-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސަރުކާރުގައި އިމާރާތްކުރި، ހިޔާ ފުލެޓުތަކުގެ އަގާއި އެއްބަސްވުމަށް އައި ބަދަލު "މައި ހުޅުމާލެ ޕޯޓަލް" މެދުވެރިކޮށް ފެންނަ ގޮތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހަދައިފިއެވެ.

އެޗްޑީސީން ބުނީ، ހިޔާ ފުލެޓުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ މީހުންނަށް މިހާރު މައި ހުޅުމާލެ ޕޯޓަލް ލިންކު ބޭނުންކޮށްގެން، އެއްބަސްވުމުގެ އިސްލާހުތަކާއި އަގަށް އައިސްފައިވާ ބަދަލުތައް ބަލައިލެވޭނެ ކަމަށެވެ. އެކަން ކުރެވޭނީ ލިޔެކިޔުންތައް ފުރިހަމަ ކުރުމަށް ފަހު ކަމަށްވާއިރު، މިކަމުގެ ސަބަބުން ފުލެޓުތަކުގެ ވެރިފަރާތުގެ ލިޔެކިޔުންތައް އަވަސްކުރުމަށް މަގުފަހި ވާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އޭގެއިތުރުން، އެ ބަދަލުތަކުގެ ސަބަބުން، ފުލެޓު ލިބިފައިވާ ގިނަ މީހުންނަށް މާލީ ލުއިތަކެއް ލިބޭނެ ކަން އެ ކޯޕަރޭޝަނުން ފާހަގަކުރިއެވެ.

ހިޔާ ފުލެޓުގެ އެތެރެ: ހިޔާ ފުލެޓުތަކުގެ އަގާއި އެއްބަސްވުމަށް އައި ބަދަލު މައި ހުޅުމާލެ ޕޯޓަލްއިން ފެންނަ ގޮތް ވަނީ ހަދާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެޗްޑީސީން ސިފަކުރި ގޮތުގައި، މި ބަދަލުތަކަކީ ހިޔާ ފުލެޓު ލިބުނު މީހުންނަށް ސަރުކާރުން ދިން ލުއިތައް ރަސްމީ ކުރުމަށް ކުރެވުނު މުހިންމު މަސައްކަތެކެވެ. އަދި، ހުޅުމާލޭގައި ދިރިއުޅޭ މީހުންގެ ބޯހިޔާވަހިކަމާ ގުޅުން ހުރި މައްސަލަތަކަށް ހައްލު ހޯދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރާނެކަން އެޗްޑީސީން ވަނީ ހާމަކޮށްފައެވެ.

ފާހަގަކުރެވޭ ގޮތުގައި، ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކައިގެން ތަރައްގީކުރި، ހިޔާ ފުލެޓުތަކުގެ ކުލި 7،500 ރުފިޔާއިން 5،300 ރުފިޔާއަށް ވަނީ، މެއި 11، 2023ގައި ކުޑަކޮށްފައެވެ. އެކަމަކު، އޭރު ކުލި ކުޑަކުރިކަން އިއުލާނުކުރީ ހަތް އަހަރަށެވެ.

މި ބަދަލު ގެނައީ ޖުމުލަ ދައްކަން ޖެހޭ އަދަދު ކުޑަކޮށްގެނެއް ނޫނެވެ. އޭގެ ބަދަލުގައި، ކުރިން 25 އަހަރަށް ބަހާލައިގެން ދެއްކި ކުލި، 27 އަހަރަށް ބަދަލު ކުރީއެވެ.

https://sun.mv/177267

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ފުރަތަމަ ހިޔާ ފުލެޓުތައް ކުއްޔަށް ދޭން ނިންމާފައި އޮތީ 5،600 ރުފިޔާއަށެވެ. އެހެންވެ، ފުލެޓު ލިބުނު ފަރާތްތަކުން ވަނީ އެ އަދަދަށް ކުލި ކުޑަ ކޮށްދޭން އެދި މުޒާހަރާ ވެސް ކޮށްފައެވެ.

comment ކޮމެންޓް