އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ އަވަހަށް 100 ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު ސިޓީގެ ފޯވަޑް އާލިން ހާލަންޑް ހޯދައިފިއެވެ.
ހާލަންޑު މި ރިކޯޑު ހެދީ ރޭ ފުލަމް އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު މެޗުގައެވެ. މެޗު ސިޓީން ކާމިޔާބުކޮށްފައިވަނީ 5-4 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ހާލަންޑް ޖެހި ލަނޑާއެކު، އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ އަވަހަށް 100 ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު ހާލަންޑު ހޯދީ 111 މެޗުންނެވެ. މީގެ ކުރިން މި ރިކޯޑު އޮތީ އެލަން ޝިއަރާ އަތުގައެވެ. އެއީ 124 މެޗުންނެވެ.
ހާލަންޑު ލަނޑުޖެހީ މެޗުގެ 17 ވަނަ މިނިޓުގައެވެ. އެއަށްފަހު މެޗުގެ 37 ވަނަ މިނިޓުގައި ސިޓީން ފަރަގު ބޮޑުކުރީ ޓިޖާނީ ރޭންޑާރސް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި ފުރަތަމަ ހާފު ނިމެން ގާތްވެފައިވަނިކޮށް ފިލް ފޯޑެން ވަނީ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.
ފުލަމްގެ ފުރަތަމަ ލަނޑު ފެނުނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. މިއީ އެމީލް ސްމިތް ރޯވް ކާމިޔާބުކުރި ލަނޑެކެވެ.
ދެވަނަ ހާފުގެ ތިންވަނަ މިނިޓުގައި ސިޓީގެ ފޯޑެން ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. އަދި މެޗުގެ 54 ވަނަ މިނިޓުގައި ފުލަމްގެ ސެންޑަރ ބާރޖް ބައިކޮޅަށް ޖެހި ލަނޑާއެކު މެޗުގެ ނަތީޖާ ވަނީ 5-1 އަށް ބަދަލުވެފައެވެ.
މެޗުގެ 57 ވަނަ މިނިޓުގައި ފުލަމްގެ އެލެކްސް އިވޯބީ ޖެހި ލަނޑާއެކު ދެ ޓީމުގެ ދެމެދުގައި އޮތް ފަރަގު ކުޑަވިއެވެ. އަދި މެޗުގެ 72 ވަނަ މިނިޓާއި 78 ވަނަ މިނިޓުގައި ސެމުއެލް ޗުކްވުއޭޒޭ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 5-4 އަށް ބަދަލުކޮށްފަ އެވެ.