ކުޅިވަރު ކުރިއެރުވުމަށް ރާއްޖެއާއި ތައިލޭންޑާ ގުޅިގެން މަސައްކަތްކުރަނީ

ކުޅިވަރު ކުރިއަރުވަން ރާއްޖެއާއި ތައިލެންޑުން އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ކުޅިވަރު ވުޒާރާ

ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއްގައި ރާއްޖެއާއި ތައިލެންޑުން ސޮއިކޮށްފިއެވެ.

ތައިލެންޑުގެ ކުޅިވަރު ވުޒާރާގައި ނިމިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މި ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. ތައިލެންޑުގެ ފަރާޔުން ސޮއިކުރެއްވީ އެގައުމުގެ ފަތުރުވެރިކަމާއި ކުޅިވަރާއި ބެހޭ ވަޒީރު ޕަތުޕޮންގު ޕޮންގުސަކުލްއެވެ.

މީގެއިތުރުން ދެ ގައުމުގެ އިސްވެރިންތަކެއް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ. އޭގެތެރޭގައި ރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުވާދު ތައުފީޤުވެސް ހިމެނިވަޑައިގަންނަވައެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ގައުމުންވެސް ވަނީ ގިނަ ކަންތައްތަކެއް ކުރުމަށް އެއްބަސްވެފައެވެ. އެގޮތުން މިދާއިރާއިން މީހުން ތަމްރީނުކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި މުވައްޒަފުން ބަދަލުކުރުމާއި ކުޅިވަރު ވަސީލަަތްތައް ތަރަައްގީކުރުންވެސް މި އެއްބަސްވުމުގެ ތެރޭގައި ހިމެނެއެވެ.

މީގެކުރިންވެސް އެކި ގައުމުތަކުގެ ސަރުކާރުތަކާއެކު ކުޅިވަރު ކުރިއެރުވުމުގެ އެއްބަސްވުންތަކެއް ވަނީ ގާއިމުކޮށްފައެވެ. އެގޮތުން ޗައިނާއާއި އިންޑިއާއާއެކު މީގެކުރިން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުންތަކުގެ ދަށުން ރާއްޖެއިން ބޭރުގައި ގައުމީ ޓީމުތައް ތަމްރީނުކުރުމުގެ ފުރުސަތުތަކާއި، އެތުލީތުންނަށް ސްކޮލާޝިޕް ލިބޭނެ ފުރުސަތު ފަހިވުމުގެ އިތުރުން އެތުލީޓުންގެ ކުރިއެރުމަށް މަސައްކަތްތަކެއް ކުރުމަށް ވަނީ އެއްބަސްވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު