މޯލްޑިވްސް އެކްސްޕޯ 2025ގެ މެއިން ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖައްސައިފި

މޯލްޑިވްސް އެކްސްޕޯ 2025ގެ މެއިން ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖެއްސުން -- ފޮޓޯ/ ބީއެމްއެލް

މޯލްޑިވްސް އެކްސްޕޯ 2025ގެ މެއިން ސްޕޮންސަރަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފިއެވެ.

އަންނަ ހުކުރު ދުވަހުން ފެށިގެން މިމަހުގެ 31ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މި އެކްސްޕޯއަކީ ރާއްޖޭގެ ސަގާފަތާއި އުފެއްދުންތެރިކަމާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިމެނޭހެން ދިވެހި ވިޔަފާރިތަކުގެ އުފެއްދުންތައް ދައްކުވައިދޭނެ އެކްސްޕޯއެކެވެ.

މި ސްޕޮންސާޝިޕް އެއްބަސްވުމާ ބެހޭ ޚާއްސަ ހަފުލާއެއް މިއަދު ވަނީ ބީއެމްއެލް އޮފީހުގައި ބާއްވާފައެވެ. މި ހަފުލާގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް، މިނިސްޓާ އޮފް ސްޓޭޓް ފޯ އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް ހުސައިން ޒަމީރު އަދި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޒިޔާއު ބައިވެރިވެވަޑައިގެންނެވިއެވެ.

މޯލްޑިވްސް އެކްސްޕޯ 2025 ވާނީ އެކި ދާއިރާތަކާއި ހުނަރުވެރިން އެއް ފުރާޅެއްގެ ދަށުގައި ފެންނަ އެންމެ ބޮޑު އެއް ހަރަކާތަށެވެ.

މެއިން ސްޕޮންސަރެއްގެ ހައިސިއްޔަތުން މިފަދަ އިވެންޓެއްގައި ބައިވެރިވުމަކީ ގައުމީ ހުނަރު ކުރިއެރުވުމަށާއި ދިވެހި ވިޔަފާރިވެރިންނާއި އުފެއްދުންތެރި ސިނާއަތްތައް ބާރުވެރިކުރުވުމަށް ބޭންކުން ދޭ އަހުމިއްޔަތުކަން ދައްކައިދޭ ކަމެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް