ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދޫކޮށްފައިވާ ކާޑުތައް ބައެއް ފިހާރަތަކާއި ކެފޭތަކުގައި ބޭނުންކުރުމުން، 45 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ބީއެމްއެލްއިން ބުނީ، އެ ބޭންކުގެ ޕީއޯއެސް މެޝިން މެދުވެރިކޮށް ފައިސާ ދައްކައިގެން ޚާއްސަ ޑިސްކައުންޓްތަކެއް ލިބޭނެ ކަމަށެވެ. އެގޮތުން ބީއެމްއެލްގެ އޮފާ ޕޯޓަލްގައި ހިމެނޭ ތަފާތު އެކި ވިޔަފާރިތަކުން ބީއެމްއެލް ކާޑުން ވިޔަފާރިކޮށްގެން ކަސްޓަމަރުންނަށް 45 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
އެ ޑިސްކައުންޓް ލިބޭ ފިހާރަތަކުގެ ތެރޭގައި ހެދުން ވިއްކާ ފިހާރަތަކާއި ކޮސްމެޓިކް ފިހާރަތަކާއި ފަރުނީޗަރު ވިއްކާ ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރެންޓްތައް ހިމެނެއެވެ.
ބީއެމްއެލް ވިސާއާއި މާސްޓާކާޑްގެ އިތުރަށް، ސްޓޫޑެންޓް ކާޑުން މެދުވެރިކޮށް ވެސް ލިބޭ ޑިސްކައުންޓްތައް އޮފާ ޕޯޓަލްގައި ހިމަނައިފައިވެއެވެ.