މާވެޔޮ މަގުގައި ހުރި ފިހާރައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އަލިފާނުގެ ހާދިސާ ހިނގި ފިހާރައަށް ގެއްލުންވެފައި ---- ފޮޓޯ/ އެމްއެންޑީއެފް

މާވެޔޮ މަގުގައި ހުރި ފިހާރައެއްގައި އަލިފާނުގެ ހާދިސާއެއް މިރޭ ހިނގައިފިއެވެ.

އަލިފާނުގެ ހާދިސާ ހިނގީ "ފާމާސް މާކެޓް" ކިޔާ މޭވާ ވިއްކާ ފިހާރައެއްގައެވެ.

އެމްއެންޑީއެފުން ބުނީ، އެ ހާދިސާ ހިނގީ ކަރަންޓު ޝޯޓެއް ވެގެން ކަަމަށާއި އެ އަލިފާން ނިއްވާލީ އެތަނުގެ މީހުން ކަމަށެވެ.

އެ ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ހިއްސާކުރި ފޮޓޯއިން ފެންނަ ގޮތުން، ކަރަންޓު ބޯޑު ކައިރީ ހުރި ރެކުގައި ހުރި ބައެއް މޭވާތަކަށް އަލިފާނުގެ އަސަރު ކޮށްފައިވެއެވެ.

އެތަނުގައި ރޯވެގެން އުޅުނު މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ދައުރުވެފައިވެއެވެ. އެ ވީޑިއޯގައި ފިހާރަގައި ހުރި ބައެއް މޭވާ ރެކުތަކުގައި ރޯވެފައި ހުއްޓާ ފެނެއެވެ. އެ އަލިފާން ނިއްވުމަށް މީހަކު ހަރަކާތްތެރިވާ މަންޒަރު ވެސް ފެނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ދޭތެރެއަކުން އަލިފާނުގެ ހާދިސާތައް ހިނގައެވެ.

comment ކޮމެންޓް