"ފަތިސް ނަމާދަށްފަހު ޒިކުރުކޮށްލައި ގުރުއާން ކިޔެވުމުން ދުވަސް ފެށުމަކީ އެންމެރަގަޅު އާދައެވެ."

***

"ވަރަށް ވަސް ގަދަ......އެހެންވެ..." އާސީނާ ޖަވާބު ދިނީ ދެރަވެފައި ހުރެއެވެ. ރުޅި އަށް ވުރެ ބޮޑަށް އޭނާ ދެރަވީއެވެ. ކައިލް އަށް އަސްލު ވީ ގޮތް އެނގުނެވެ.

" އިފް ނޮޓް ފޯ މީ...ސޯފީ އަށްޓަކައިވެސް..." އާސީނާ އަށް ރޮވުނެވެ. ކައިލް ކާރު މަޑުކުރިއެވެ. ކުށްވެރި އިހުސާސްތަކެއް ކުރެވުނެވެ.

"އާސީ....އެނގޭ އަސްލު އެއްވެސް ޖަސްޓިފިކޭޝަން އެއް ނުދެވޭނެ ކަން....އެކަމަކު ސްޓްރެސް...." ކައިލްގެ ވާހަކަ ނުނިމެނީސް އާސީނާ ކާރުން ނިކުތެވެ. ކައިލް ދައްކާ އެއްވެސް ވާހަކައެއް އަޑުއެހުމަށް އޭނަ ބޭނުމެއް ނުވިއެވެ. މަގަކީ އެހާ އެއްޗިހި ދުއްވާ އުޅޭ ކާރޫ ބާރޫ ބޮޑު މަގެއް ނޫނެވެ. މަގުގެ ދެކޮޅުގައި ހިޔާދޭ ބޮޑެތި ގަސްތައް ހެދިފައިވީއިރު ބޮކި ހުރި ހޮޅިދަނޑުތައް ވެސް ވަނީ ގަސްތަކުގެގޮފިތަކުގެ ތެރެޔަށް ވަދެފައެވެ. ތަރިތައް މަދު އެރޭގެ އުޑުމަތި ވަނީ ވިލާ ކޮޅިން ބަރުވެފައެވެ.

" އާސީ.....ޕްލީޒް....އަޑުއަހާބަލަ....އައިމް ސޮރީ...." ކައިލްވެސް ކާރުން ފޭބިއެވެ. މާސްކު އަޅާފައި ހުއްޓަސް އެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފެނި ކައިލް ގެ ހިތް ޒަޚަމް ވިއެވެ. އެވަގުތު ވާރޭ ކަނި ޖަހަން ފެށިއެވެ. އާސީނާ އިނީ ކާރު ތެރެއަށް ވެސް ނުވަންނަ ގަދަ ހަދާފައެވެ. ކައިލް އާދޭސްކުރަމުން ދިޔަ އިރު ޖަވާބެއް ވެސް ނުދިނެވެ.

" ވަޓް ވިލް މޭކް ޔޫ ފޮގިވް މީ؟" ކައިލް ގެ އަޑު ތުރުތުރު ލިއެވެ. އާސީނާ މިހާ ރުޅިން ހުރި ދުވަހެއް ދުވަހަކުވެސް އޭނާ ދެކެފައެއް ނުވެއެވެ.

" ބީންގް އޮނެސްޓް ވިތް މީ.....ކައިލް ތެދު ކިޔައިދީބަލަ.....ކަމަކާ ކަންބޮޑުވިޔަސް އަހަރެން ގާތު ކިޔައިދީބަލަ....މިކޮޅަށް އައީއްސުރެން ކައިލް ކައިރީ އަހަމުން ދިޔައީ ފިކުރު ބޮޑުވާ ކަމެއް ބުނުމަށް.....އޭމް އައި ނޮޓް އަންޑަސްޓޭންޑިންގް އޮފް ޔޯ ވޮރީސް؟" އާސީނާ ގެ ހިތުގައި ވި އުދާސްތައް ބޭރުކުރެވުނެވެ. އާސީނާ އަށް އަމިއްލަ ނަފްސާ އެތައް ފަހަރު ސުވާލު ކުރެވުނެވެ. ކައިލް އަށް އޭނާ ގާތު ވާހަކަތައް ހިއްސާ ނުކުރެވޭ ސަބަބަކީ އޭނާގެ ކުށް ކަމުގައި ހީކުރެވުނެވެ. ކައިލް ހުރީ ބަސްހުއްޓިފައެވެ. މިފަދަ ހާލަތެއްގައި ހަގީގަތް ހާމަކުރާނީވެސް ކިހިނެއް ބާއެވެ.

" ޕްލީޒް.....އާސީ....ޑޯންޓް ބްލޭމް ޔޯސެލްފް....ހާލަތާއި ތަނުގެ ގޮތުން އަހަންނަށް ހުރިހައި ވާހަކައެއް ކިޔައި ދިނުމަށް ދަތިވީ.....އަހަރެންގެ ހުރިހާ ތަކުލީފެއް އެންމެ ރަނގަޅަށް ދަންނާނެ އިންސާނަކީ ތިއީ....އައި ރިއަލީ ލަވް ޔޫ....އާސީ އާއި ސޯފީ ގެއްލެން އަހަރެން ދުވަހަކުވެސް ބޭނުމެއް ނުވޭ..." ކައިލް އާސީނާ ގެ ކަރުނަތައް ފޮހެލަދިނެވެ.

" ތިބުނީ.....ހާލަތާއި ތަން؟ސިގިރޭޓު ބުއީ ހާލަތާއި ތަނަކަށް ބަލާފަތަ؟" އާސީނާ އިތުރަށް ރުޅި ގަދަވިއެވެ. އެވަގުތު މަގަށް އަޅާލި ބޮޑު ވޭނެއް ބާރު ސްޕީޑުގައި އައެވެ. ހެޑްލައިޓްގެ އަލިގަދަ ކަމުން ލޯ ކަނު ވާވަރުވިއެވެ. އާސީނާ އަށް ހަޅޭއްލަވައިގަނެވުނެވެ. ކައިލް ހުރީ އާސީނާ ކުރިމަތީގައި ކަމާއެކު އެއީ މަގުގެ ދުއްވާކޮޅެވެ. ވޭން އެމީހުން ތިބި ހިސާބު ފަހަނަޅާ ދިޔަ އިރު އޭގެ ފަހަތުން ބާރަށް ދުއްވާފައިދިޔަ ސައިކަލެއް ވެސް ދިޔައެވެ. ބާރު ރުއިމެއްގެ އަޑުވެސް ކަންފަތުގައި ޖެހުނެވެ. ހުރިހާ ކަމެއް ވީ ސިކުންތެއްގެ ތެރޭގައެވެ. އާސީނާ ކައިލްގެ ގަމީހުގައި ހިފާލަން އުޅުމުން އަތުން ދޫ ވިހެން ހީވިއެވެ. ލޯމަރާ ބާރުކޮށްލައިގެން ހުރެވުނެވެ.

"އާސީ...." ކައިލް ގެ އަޑު ކަންފަތުގައި ޖެހުމުން އޭނަ ލޯ ހުޅުވައިލިއެވެ. އޭރު ބިންމައްޗަށް ވެއްޓިފައި އޮތް ކައިލް އުނދަގުލުން ތެދުވަނީއެވެ. ކާރު ދުއްވާފައި ދިޔަލެއް ބާރު ކަމުން މަގުގެ ޕޭވްމެންޓާ ދިމާއަށް ވެއްޓުނީ އެވެ. ގައި ދަށުވެ އަތަށް ތަދު ވެފައި ވުމުން ތަދު އިހުސާސް ކުރެވުނެވެ. އާސީނާގެ ރުޅި މަތަވިއެވެ. އެ ހިނދުކޮޅުގައި ކައިލް މި ދުނިޔެއާއި ވަކިވެގެން ހިނގައިދާނެކަމުގެ ބިރު ހީވިއެވެ. އަވަހަށް ކައިލް އަށް އެހީތެރިވެ ކާރުގެ ސީޓުގައި ބޭންދިއެވެ. ކައިލް ގެ ކަނާތް ފަރާތު އަތް ސީދާ ނުކުރެވޭތާ ހަލުވާވެސް ނުލެވުނެވެ. އާސީނާ އަވަހަށް މިސްރާބު ޖެހީ ހޮސްޕިޓަލަށެވެ. ކައިލް އަށް އޭނާގެ އަތުގެ ރިހުން ގަދަވިއެއް ކަމަކު އާސީނާ ގެ ރުޅި މައިތިރިވެ ކައިލް އަށް އެބަހއްޓާ އަޅާލުން ފެނި އުފާވިއެވެ.

"ކައި އަދިވެސް ހެނީތަ؟އަނެއްކާ ބްރެއިން ޑެމޭޖް ވެފަތަ؟.." އާސީނާ ހާސްކަމާއެކު އެހިއެވެ.

" ނޫން....މިކަހަލަ ކަމަކުންވެސް ޒުވާބު ހުއްޓުނީމަ.....އައި ހޭޓް ވެން ވީ ފައިޓް..." ކައިލް ބުނެލީ ލޯބިންނެވެ. ނަމަވެސް އާސީނާ އަށް ތެދު ހާމަ ކުރަން މިރޭ އުޅުމުން އެކަން ހާސިލް ނުވުމުގެ ހިތާމަވެސް އިހުސާސް ކުރެވުނެވެ.

" މީ ޓޫ....އެކަމަކު ސްމޯކިންގ ގެ ވާހަކަ އަދި ނުނިމޭ.....ހަމަޔަކަށް އެޅުނީމަ ވީ ނީޑް ޓު ހޭވް އަ ރިއަލް ޓޯކް..." އާސީނާ ބޭނުންވީ ރުޅި ނައިސް ހަމަޖެހޭ މާހައުލެއްގައި ދެމީހުން ދޭތެރޭގައި ޖެހުނު މައްސަލަތަކަށް ވާހަކަ ދައްކައި ހައްލު ހޯދުމަށެވެ. ހޮސްޕިޓަލަށް ދިޔަ މަގުމަތި އާސިނާ އާއި ކައިލް އާއި ދެމެދު ދެކެވެމުން ދިޔައީ ބާރަށް ދުއްވާފައި ދިޔަ ވޭނުން ރުއިމާއި ހަޅޭކުގެ އަޑު އިވުނު ވާހަކައެވެ.

"ވަރަށް ވިއަޑް ދޯ....އަނެއްކާ މިހަކު ކިޑްނެޕް ކޮށްގެންތަ؟" އާސީނާ ގައިން ހީބިހި ނެގިއެވެ. ހޮސްޕިޓަލުގެ އިމަޖެންސީއަށް ވެސް ވަދެވުނީ ހަމަ ކިރިޔާއެވެ. ބޯކޮށް ވެހިގަތް ވާރޭގެ އަޑު މާހައުލުގައި ގުގުމާލައިފިއެވެ.

***

ރޭގަނޑުގެ ކެއުމަށް އިންސާފުކުރެވެމުން ދިޔައެވެ. ކާމޭޒު ދޮށުގައި ތިބި އެންމެންގެ މޫނު މަތީން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ތަންކޮޅެއް ދުރުގައި އެ މަންޒަރު ބަލަން ހުރި ބާބިލް ގެ ހިތްވެސް އެދެމުން ދިޔައީ އެފަދަ އުފަލަކަށެވެ. އޭނަގެ މޫނު މަތީން ފެންނަމުން ދިޔައީ ހާސްކަމާއި ކަންބޮޑުވުމުވެ. ވިސްނެމުން ދިޔައީ މިރޭ ކުރިމަތިލާންޖެހޭ އިމްތިހާނާއި މެދުއެވެ. އޭނަ އިރުއިރުކޮޅާ ގަޑި އަށް ނަޒަރު ހިންގާލައެވެ.

" ހާދަ ހިތި އޮރެންޖެކޭ....." ބާބިލް ގެ އަތުގައި ހުރި ތަށީގައި ކޮށާފައި ހުރި މޭވާއިން ރަހަ ބަލާލަމުން އަލްބާން ބުނެލިއެވެ. ބާބިލް އޭރު ހުރީ ބަދިގެ އަށް ވަންނަ ދޮރު ކައިރީއެވެ. ގެއްލިފައި ހުރެވުނީ މޭޒު ދޮށުގެ އެ އުފާވެރި މަންޒަރަށެވެ. އަލްބާން ކައިރީގައި ހުރި ކަން އެނގުމުން ކުޑަކޮށް ސިހުނެވެ. ތަށި އަރި އަޅާ ނުލީ ކިރިޔާއެވެ.

" ބިޓާ ސްވީޓް....ޖަސްޓް ލައިކް ލައިފް.....ވަރަށް ރީތި ކުލައެއް ދޯ އެކަމު.....މިއީ ބްލަޑް އޮރެންޖެއް....ޒަހްރާއްތަ އަށް ވަރަށް މީރު ވާނެ...." ބާބިލް މަސައްކަތް ކުރީ ހިތާމަތައް ފޮރުވުމަށެވެ. އެ އޮރެންޖުގައި ލާ ހިތި ފޮނި ރަހައަކީ ދިރިއުޅުމުގެ ވެސް ސިފައެއްކަމުގައި އޭނަ ބުނެލީ އެހެންވެއެވެ. އަލްބާން ބުމަ އަރުވައިލިއެވެ.

" ތި އެންމެ ދެ ރަހައެއް ނު...ހަޔާތުގަ އަންނާނެ ލޮނު ރަހަ އާއި ހުތް ރަހާއި ކުޅި ރަހަ އަދި އުމާމީ ރަހަވެސް...." އަލްބާންގެ ވާހަކަ ހުރިގޮތުން އޭނައަށް ހެވުނެވެ. އަލްބާން އެއީ ހަމަ ބޮޑު ސަކަރާތްގަނޑެކެވެ.

ބާބިލް ގެ ހުދު ދަތްތައް ދިއްލިގެން ދިޔަތަން ފެނިފައި އަލްބާން ގެ ހިތަށް ލިބުނީ ފިނިކަމެކެވެ. ބޭނުންވި މަގްސަދު ހާސިލް ކުރެވުނެވެ. އެވަގުތު ބާބިލް އަށް ފޯނެއް އައެވެ. އަވަސް ވެފައި ހުރެ ފޯނު ޖީބުން ނެގީ އެއް އަތުންނެވެ. އެއާއެކު މޫނު މަތީގެ ކުލަ ޖަންބު ކުލައިން ހުދުކުލައަށް ބަދަލު ވިއެވެ. ހީވީ ލޭ ހިނގުންވެސް ހުއްޓުނު ހެންނެވެ. ފޯނު ނެގުމަށް އަވަސް ވެފައި ހުރުމުން މޭވާ ތަށި ވެސް އަލްބާންގެ އަތަށް ދިނެވެ. ތަށި ދިއްކޮއްލި ވަގުތު ބާބިލް ގެ ލޮލުން އެތަކެއް ވާހަކައެއް ބުނެދިނެވެ. ކަރުނަތައް ޖަމާވެފައިވި އެ ލޯ އާދޭސް ކުރަމުުން ދިޔައީ އެހީއަށެވެ.

" އަލް....މި ތަށި މޭޒަށް ލައިދީބަ.....އެބަ އަންނަން...." ބާބިލް ގެ އަޑު ތުރުތުރުލިއެވެ. އިތުރު ވާހަކައެއް ނެތި ދުވެފައި ކަހަލަ ގޮތަކަށް އޭނަ ދިޔައީ ބަދިގެއާއި ދިމާލަށެވެ. އަލްބާން ވެސް އަވަސް ވެލީ މޭޒުމަތީގައި ތަށިބެހެއްޓުމަށް ފަހު ބާބިލްގެ ފަހަތުން ދިއުމަށެވެ.

"ނުކައިތަ ދަނީ؟ބާބް ކޮބާ؟ބުނެބަ އަންނާށޭ....އަދި ބާބް އަށް ނޭނގޭ ކަންނޭނގޭ މިރޭގެ ބްރޭކިންގ ނިއުސް...." ޖޫރީ އަށް ހީވީ އީދެއް އައިސްގެން އުޅޭ ހެންނެވެ. އަލްބާން އެއްަވެސް ވާހަކަ އަކަށް ސަމާލުކަމެއް ނުދީ ދިޔައީ ބާބިލް ހުރިތަނެއް ހޯދުމަށެވެ. އައްޒަހްރާ ހުރީ އަހެދް ގެ އިންތިޒާރުގައި ކަމުން އަލްބާން ދިޔަ ވަގުތު އެކަމަކަށް ސަމާލުކަމެއް ނުދެވުނެވެ.

އަލްބާން އެހާ އަވަސް އަރުވާލާފައި ދިޔައީ ބަދިގެ ފަރާތު ދޮރުން ބަގީޗާތެރެއަށެވެ. އޭރު ބާބިލް ދުވެފައިގޮސް ގޭޓުން ނިކުތް ތަން ފެނުނެވެ. އަލްބާން އަވަސް ވެފައި ހުރެ ސައިކަލަށް އެރިއެވެ. ހެލްމެޓް ބާރު ކުރެވުނު ކަމެއްވެސް ނޭނގެއެވެ. ބާބިލް މަގުގެ ދެކޮޅު ބަލަމުން ދުވަމުން ދިޔައެވެ. އެވަގުތު އަލްބާން ގެ ކުރިމައްޗަށް ވޭނެއް އެރިއެވެ. އޭގެ ދޮރު ހުޅުވާފައި ހުރި އިރު އެތެރޭގައި ހަތަރު މީހުން ތިބި ހެން ހީވިއެވެ. ހަނި މަގެއް ކަމުން އަލްބާން އަށް ކުރި ފެނުމަށް އުނދަގޫ ވިއެވެ. ވޭނުގެ ކުރިޔަށް އަރަން ވެސް ޖާގައެއް ނުލިބުނެވެ. ނަމަވެސް ހިނދުކޮޅަކަށް ވޭން މަޑު ކުރިއެވެ. އަލްބާން ގެ ލޯ ބޮޑުވީ ބާބިލް އެ ވޭނަށް ގަދަ ކަމުން އަރުވާތަން ފެނުމުންނެވެ. އޭނަގެ ހުރިހާ ހިއްސުތައްވެސް ހިނދުކޮޅަކަށް ގަނޑުވިއެވެ. ހޭވެރިކަން ވީ ބާބިލް ގެ ހަޅޭކުގެ އަޑު އިވުމުންނެވެ. ވޭނުގެ ލައިސެންސް ޕްލޭޓު ފުސްކޮށް ނަމަވެސް ފެނުނުކަމީ ރަހްމަތެކެވެ. އޭނަ އަވަހަށް ގުޅައިލީ މަރްވާން އަށެވެ. އެ ވޭނު ލޮކޭޓު ކުރުމަށް އެދުނެވެ. އަދި ކަންތައް ހިނގައިގެން އުޅޭގޮތް ކުޑަކޮށް ކިޔާލަދިނެވެ. އަދި އިތުރު މީހުންނަށް ގުޅައި އެހީ އަށް އެދުނެވެ.

"ޑޯންޓް ބްލޯ ޔޯ ކަވަ އަލް...." އަލްބާންއަށް އިންޒާރެއް ލިބުނެވެ.

"މިވަގުތު ތިކަހަލަ އެއްވެސް ކަމަކަށް ފަރުވާލެއް ނެތް....ވީ ނީޑް ޓު ސޭވް ހަ...." އަލްބާން ހުރީ ބާބިލް އަށް ލިބިދާނެ ގެއްލުމުގެ ބޮޑުކަން ވިސްނި ކޮންމެ ފަދަ ކަމެއް ކުރުމަށްވެސް ތައްޔާރަށެވެ. ޕޮލިސް ޖިޕުގެ އަޑު ދުރުން އިވެމުން ދިޔައެވެ. ވޭނުގެ ސްޕިޑުވެސް ބާރުވިއެވެ. އަލްބާން ގެ ދުވެލި ވެސް ބާރުކޮށްލިއެވެ. ޕޮލިސް ޖީޕެއް ކުރިމަތީން އަންނަ ތަން ފެނުމުން ވޭނުގެ ސްޕީޑް ހިނދުކޮޅަކަށް މަޑު ޖެހުނެވެ. އަދި ބާބިލް ކޮށްޕާފައި ވޭނުން ބޭރަށް އެއްލައިލިއެވެ. އެއަށްފަހު އޭގެ ބާރު ދުވެލީގައި އެހްން މަގަކަށް އެޅިއެވެ. ޕޮލިސް ޖީޕު ވެސް އެ ވޭނު ފަހަތުން ދިޔައެވެ. އަލްބާން ސައިކަލުން ފުންމާލީ ހަރުވެސް ނުޖައްސައެވެ. ޒަޚަމް ވެފައި އޮތް ބާބިލް ގެ ބުރުގާ އޮތީ ބޭލިފައެވެ. އޭނަ ބާބިލް ގެ ބުރުގާ ރަގަޅުކޮށްލަމުން އިސްތަށިގަނޑު ނިވާކުރިއެވެ.

" ﷲ އަށްޓަކައި އަހަރެން ދޫކޮށްލާ..." ބާބިލް އާދޭސްކުރިއެވެ. ބާބިލް ގެ ހޭވެރިކަން ގެއްލެމުން ދިޔައެވެ.

"ބާބް.....ޔޫ އާ ސޭފް....." އެވަގުތު މަރްވާން ކާރުގައި އައުމުން އަލްބާން އަވަސް ވެގަތީ ބާބިލް އަށް ފަރުވާ ދިނުމަށެވެ.

" ވޯކްޝޮޕް އަށް....." އަލްބާން ބޭނުންވި ބާބިލް އަށް އަމިއްލަ އަށް ފަރުވާ ދިނުމަށެވެ. ހޮސްޕިޓަލަށް ގެންގޮސްފިނަމަ މައްސަލަ އިތުރަށް ގޯސްވެދާނެ ކަމަށް ބަލާފައެވެ.

" އަލް.....ޔަގީންތަ...ވޯކްޝޮޕް؟" މަރްވާން ހުރީ ދެ ހިޔާލެއްގައެވެ.

"އައިމް ޝުއަ....ބާބް އަށް އެންމެ ސޭފް ވާނީ އެތަން....."އަލްބާން ޔަގީންކަން ދިނެވެ.

***

"އަނހަ....ސަހަރް....ވިލްދާން...." ސަހަރް އާއި ވިލްދާން އައީ ކައިވެނީގެ ކާޑުތައް ހިފައިގެންނެވެ. އައްޒަހްރާ އާއި އެކު އަހެދް ހުރީ ގަހަނާ ސެޓުތައް ބެލުމުގައެވެ. ހުރިހާ ސެޓެއް ސޯފާ ގެ މެދުގައި ހުރި ބޮޑު ވަށް މޭޒުގައި ބަހައްޓާފައި ވީއިރު އަހެދް ގެ ލޯ ތަރަތަރަ ޖަހައިގެން ދާ ވަރުވިއެވެ. އަދީނާ އާއި ނައީމު އަންނާތީ ލިބިފައި ހުރި ހާސްކަން ވަގުތީގޮތަކުން ނަމަވެސް ފިލައިގެން ދިޔައެވެ.

" ކޮބާ ކޮން ސެޓެއް ރީތީ؟....އަހެދް އާއި ގުޅޭނެ ހުރިހާ އެއްޗެއް ވެސް....." އަހެދް ގެ ބޮލުގައި ފިރުމާލަމަން ސަހަރް ބުނެލީ ވަރަށް ލޯބިންނެވެ.

" ކޮން ހަފްލާއަކަށް މި ތައްޔާރުވެލަނީ؟" ވިލްދާން ލޯ ހިނގައިލިއެވެ. ހިނދުކޮޅަކަށް އަހެދް އަށް ބަލަހައްޓައިގެންވެސް ހުރެވުނެވެ.

" ސަހަރް ނުބުނަންތަ.....އަހެދް އާއި މުރުތަސިމްގެ ކައިވެންޏަށް.....އަލްޙަމްދުލިއްﷲ ޒަވީ އާއި މައިރާ ގެ ކައިވެންޏާއި އެކު..." ޒަހްރާގެ ލޯ އިތުރަށް އުޖާލާވިއެވެ. ވިލްދާން ގެ ވިންދު އަވަސް ވިއެވެ.

" ނޫނޭ ވިލްދާން ސަޕރައިސް ކުރުވަން ވެގެން މިއައީ ގޮވައިގެންވެސް....ޒަހްރާ ހާދަ ނަސީބު ގަދައޭ....ދެ އަންހެން ދަރިން އެއްފަހަރާ ވިއްޔާ ތި ލިބުނީ.....މަށަށް ހީވަނީ މަވެސް މިގެއަށް ބަދަލުވާން ވީހެން..." ސަހަރް ސަމާސާ ކޮށްލިއެވެ. ވިލްދާން ވެސް އުފަލުގައި ބައިވެރިވެލީ ގަދަކަަމުން ވިޔަސް ތުންފަތް މައްޗަށް ހިނިތުންވުން ގެންނަމުންނެވެ. އައްޒަހްރާގެ ވާހަކައިގެ ތެރެއިން އަދީނާ އާއި ނައީމު ގެ ވާހަކަ ދެކެވުމުން ވިލްދާނައަށް ގޮނޑީން ތެދުވެވުނެވެ. ހީވީ ބޮޑު ބިރެއް ފެނުނު ހެންނެވެ.

" އޯކޭތަ؟ކަމެއް ވީތަ؟" ސަހަރް އަށް އަހާލެވުނެވެ.

"ނޫން...މީޓިންގ އެއް އޮތީމަ....އެބަ އަންނަން....." ވިލްދާން ބަހަނާ ދައްކާލިއެވެ. އެވަގުތު އަހެދް ގެ ލޮލުގައި ވިލްދާން ގެ އަތުގައި ހުރި އުފަން ލަށް ލޮލުގައި އަޅައިގަތެވެ.

" ޔާ ރައްބީ....މީ ހަމަ ތެދު ވާހަކަ އެއްތަ؟" ސަކީނާ ލޮލަށް ފެނުމުގެ ކުރީން އޭނާގެ އަޑު އެންމެންގެ ކަންފަތުގައި ޖެހުނެވެ. އަހެދް އަށް ފުން ނޭވާ އެއް ދޫކޮށްލެވުނެވެ. ސަކީނާ އައުމަށް ފަހު ހަމަ ނޭވާ ލެވޭނެ އިރެއް ނޭނގޭނެއެވެ.

" މަ ބުނީމެއްނު....މަށަށް ފެނުނީ މި ދެމީހުން މާ ފޮޅުވަނިކޮށްވެސް ބަގީޗާ ތެރެއިން...." ސަކީނާ ހުރީ މާ ނޭވާ ލެވިފައެވެ. އައްޒަހްރާ އަހެދް ގާތުގައި ފެން ތަށްޓެއް ބަލައިދިނުމަށް އެދުނެވެ. އެއީ އަހެދް ލަދު ނުގެންނެވުމަށެވެ.

" ދައްތާ.....ހަމަޖެހިލަބަ....އެއީ މައްސަލައެއް ނޫނޭ....އެ ދެކުދިން މިހާރު ކައިވެންޏަކަށް އެ ތައްޔާރުވަނީ...." އައްޒަހްރާ ލޯ އަޅަމުން ބުނެލީ މަޑުމައިތިރި ރާގެއްގައެވެ. ސަހަރް ކުރިމަތީގަިއ ސަކީނާ އެފަދަ މޭރުމުން ވާހަކަ ދެއްކުމަށް ނޭދޭ ފަދަ އިޝާރާތެއް ކޮށްލިއެވެ. ސަކީނާ އޭނާ ކިޔަން ހުރި އެއްޗިހި ހިންދައިލީ އުނދަގު ކަމާއެކުއެވެ.

" ހާދަ ފޫއްސެއް ވެޔޭ....ސަކީނާ ގަނޑު ވެސް މި ގަޑިޔަކު އަންނަ ޖެހޭތަ...ކޮބާތަ މިތާ އުޅޭ ބާބިލް....އެވެސް ކާމްޗޯރެއް...." ފެން ތަށި އަޅަމުން އަހެދް ކުދި ކިޔައިލިއެވެ. އެވަގުތު ބަދިގެ ކައުންޓަރު މަތީ ހުރި ފަސްޓް އެއިޑް ބޮކްސް ފެނުނެވެ. އަހެދް ގެ ސިކުނޑިޔަށް މޮޅު ހިޔާލެއް ވެރިވިއެވެ. އަދި ތުންފަތަށް ވެރިވީ މަކަރުވެރި ހިނިތުންވުމެކެވެ.

"ހުރޭ ލަނޑެއް ދޭނަން....." ބޭސް ތެރެއިން ހަޖަމުގެ ދަތިތަކަށް ހުންނަ ބޭސް ގުޅައެއް މުގުރާލާއި ފެން ތަށިތެރެއަށް ގިރާލިއެވެ.

" އެނގިދާނެތާ.....ވާހަކަ ތޯ ދެއްކޭނީ ނޫނީ ފާހާނާއައްތޯ ދުއްވައިގަންނަން ޖެހޭނީ...." އަހެދް އަށް ހެވުނެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު