ޔޫރޯ 2024: މުބާރާތް ފަށައިފި، ޖަރުމަނުން ފެށީ ގަދަކޮށް

ޔޫރޯ 2024 ފެށުން --

ޔޫރޯ 2024ގެ ފޯރިގަދަ ފުޓުބޯޅަ މުބާރާތް ޖަރުމަނުގައި ފަށައި، ޖަރުމަނާއި ސްކޮޓްލޭންޑު ބައްދަލުކުރާ ފުރަތަމަ މެޗު ފަށައިފިއެވެ.

ފޯރިގަދަ އޯޕަނިން ސެރެމަނީއަކަށްފަހު މެޗު މިހާރު ކުޅެމުން އަންނައިރު ޖަރުމަނުން ފަށައިފައިވަނީ ގަދަކޮށެވެ. މި މެޗާ ގުޅޭގޮތުން މީގެކުރިން ސްކޮޓްލޭންޑުގެ ކޯޗު ބުނި ގޮތުގައި އެ ޓީމަށް މާ ބޮޑު ޕްރެޝަރެއް ނެތެވެ.

ޖަރުމަނަކީ މި މުބާރާތުގައި އެންމެ ކާމިޔާބު ޓީމެވެ. އެގޮތުން ތިން ފަހަރު އެ ގައުމުންވަނީ ޔޫރޯގެ ތަށި ކާމިޔާބުކޮށްފައެވެ.

ޖަރުމަނު ވިލާތުގައި ކުޅޭ ޔޫރޯގެ މެޗުތައް ރާއްޖޭ ގަޑިން ދިމާވަނީ މެންދަމު 12:00، ހަވީރު 6:00 އަދި ރޭގަނޑު 9:00 އާއެވެ.

މި މުބާރާތުގައި ފެންނާނެ މުހިއްމު ކުޅުންތެރިންގެ ތެރޭގައި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ، ފްރާންސްގެ އެމްބާއްޕޭ، އިންގްލަންޑްގެ ޖޫޑް ބެލިންހަމް، ސްޕެއިންގެ ލެމިން ޔަމާލް، ތުރުކީގެ ކިނާން ޔިލްޑިޒް، ޑެންމާކްގެ ރަސްމުސް ހޮލަންޑް، ނެދަލަންޑްސްގެ ޒަވީ ސިމޯންސް، ޖަރުމަންގެ ޖަމާލް މުސިއާލާ ފަދަ މަޝްހޫރު އެތައް ކުޅުންތެރީންނެއް ހިމެނެއެވެ.

ޔޫރޯ ފުޓްބޯޅަ މުބާރަތަކީ ވޯލްޑް ކަޕް މުބާރާތް ނަގާފައި ފުޓުބޯޅައިގެ ދުނިޔޭގައި އެންމެ ފޯރިގަދަ މުބާރާތެވެ. ފުޓުބޯޅައަށް ބޮޑު ސަޕޯޓެއް އޮންނަ ރާއްޖެއިން ވެސް ގިނަ ބަޔަކު ޔޫރޯގެ މެޗުތައް ބަލައެވެ.

comment ކޮމެންޓް