ވިލިމާލޭ ހޮސްޕިޓަލް އަޅަން ބޭނުންވާ ފީސިބިލިޓީ ސްޓަޑީ ހަދަން ޗައިނާ ސަރުކާރާ ހަވާލުކޮށްފި

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މޫސާ ނަދީމް

މި ސަރުކާރުން ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ތަރައްގީ ކުރުމަށް ބޭނުންވާ ފީސިބިލިޓީ ސްޓަޑީ ހެދުމަށް މިއަދު ޗައިނާ ސަރުކާރާ ހަވާލުކޮށްފިއެވެ.

އެކަމަށް ޚާއްސަކޮށް މިއަދު ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބެވެ. އަދި، ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ވަންގް ލިޒިންއެވެ.

މިދިޔަ ޖެނުއަރީ މަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގައި ހުންނަވައި ރައްޔިތުންނާ މުޚާތަބު ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، މި މަޝްރޫއުއަށް ޗައިނާ ސަރުކާރުގެ ހިލޭ އެހީ ހަމަޖެހިފައިވާ ކަމަށެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މޫސާ ނަދީމް

ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް އަޅަން ނިންމިކަން ސަރުކާރުން ހާމަކުރީ ނިމިދިޔަ ޑިސެންބަރު މަހުގެ 27ވަނަ ދުވަހެވެ. އޭރު އެ މަޝްރޫއު އިއުލާންކުރެއްވީ ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލެވެ.

https://sun.mv/190108

ރައީސް ވިދާޅުވީ، ހޮސްޕިޓަލް އަޅަން ބޭނުންވާ ބިން ވެސް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ. މީގެކުރިން، އެ ހޮސްޕިޓަލާ އެކު ވިލިމާލޭ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް