މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި މީހަކު ކޯޓުން ދޫކޮށްލައިފި

ޝަހީދު ހުސައިން އާދަމް ބިލްޑިން ---- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

އިއްޔެ ގދ. ވާދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި މީހަކު އެރަށު ކޯޓުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މި މައްސަލަގައި ހައްރުކުރީ 23 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ ހައްޔަރު ކުރި މީހާ ދިރިއުޅޭ ގެ ބަލާ ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.

މި މައްސަލަ އާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ވާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރި ކަމަށް ފުލުހުން ބުނެއެވެ. މިގޮތުން، އޭނާ ވާދޫ ކޯޓަށް ހާޒިރު ކުރުމުން ޝަރުތު ކުރުމަށްފަހު، ކޯޓުން ދޫކޮށްލައިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މަސްތުވާތަކެއްޗާއި ގުޅުން ހުރި މައްސަލަތަކުގައި ގިނަ އަދަދެއްގެ މީހުން ފުލުހުން ހައްޔަރު ކުރެއެވެ. އެކަމަކު، އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ބައެއް ފަހަރަށް ޝަރުތުކޮށް ދޫކޮށްލާފައި އެބަހުއްޓެވެ.

comment ކޮމެންޓް