ތެލެސީމިއާ ބަލި ކޮންޓްރޯލް ކުރަން މިސަރުކާރުން މަސައްކަތް ކުރާނަން: ޚަލީލް

ހެލްތް މިނިސްޓާ ޑރ. އަބްދުﷲ ޚަލީލް: ތެލެސީމިއާ ބަލި ރާއްޖެއިން ނައްތާލުމަށް މަސައްކަތް ކުރަނީ -- ފޮޓޯ/ ހެލްތް މިނިސްޓްރީ

މި ސަރުކާރުން ތެލެސީމިއާ ޕޭޝެންޓުން މަދުކުރުމަށާއި މި ބަލި ކޮންޓްރޯލް ކޮށް މެނޭޖު ކުރަން މަސައްކަތް ކުރާނެ ކަމަށް ހެލްތު މިނިސްޓްރު ޑރ. އަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.

މިއަދު މުޅި ދުނިޔޭގައި ފާހަގަކުރާ ތެލެސީމިއާ ދުވަހާ ގުޅިގެން މިނިސްޓަރު ޚަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ބަލި ތަހަންމަލް ކުރާ އެންމެންނަށް އެންމެ އެދެވިގެންވާ ފަރުވާ ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އަދި މި ސަރުކާރުން މަސައްކަތް ކުރާނީ ތެލެސީމިއާ ޕޭޝަންޓުން މަދުކޮށް، ބަލި ކޮންޓްރޯލް ކުރުމަށާއި ވަކިވަކި ފަރުދުންނަށް ރަނގަޅު ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް ކަމަށް ވެސް ޚަލީލް ވިދާޅުވިއެވެ.

https://sun.mv/188707

ތެލެސީމިއާގެ ފަރުވާ ހޯދާ ކުދިންނަށް މި ސަރުކާރުން ޚާއްސަ އަހަންމިއްޔަތުކަމެއް ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވެސް ވިދާޅުވިއެވެ. އެގޮތުން މި ސަރުކާރުން ވަނީ ތެލެސީމިއާ ކުދިންނަށް ޚާއްސަ ހޮސްޕިޓަލެއް ގާއިމް ކުރަން މަސައްކަތް ފަށާފައެވެ.

https://sun.mv/188963

މި ސަރުކާރުން ވަނީ ހިލޭ ބޯންމެރޯ ހަދަން ތެލެސީމިއާ ފަސް ޕޭޝަންޓުން ރާއްޖޭން ބޭރަށް ފޮނުވާފައެވެ. އަދި ތެލަސީމިއާ ކުދިންގެ އިނާޔަތް ދިނުމަށް މި އަހަރުގެ ބަޖެޓުގައި ހިމެނިފައި ނެތް ނަމަވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެ ފައިސާ ދޭން ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި 659 ތެލެސީމިއާ ޕޭޝަންޓުން އުޅެއެވެ.

comment ކޮމެންޓް