ވިޔަފާރި އެއްބަސްވުމުގައި ރާއްޖެއިން 214 އެކްސްޕޯޓު އައިޓަމް ތުރުކީއަށް އެތެރެކުރުމަށް މަޝްވަރާކޮށްފި

ދެވަނަ މަޝްވަރާ ބައްދަލުވުމުގެ ތެރެއިން --

ތުރުކީއާއި ރާއްޖެއާ ދެމެދު ގާއިމްކުރާ މިނިވަން ވިޔަފާރި އެއްބަސްވުމުގެ ދަށުން ސުން ޕަސެންޓު ރޭޓުގައި 214 ބާވަތެއް ރާއްޖެއިން އެ ގައުމަށް އެކްސްޕޯޓުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށް ދިޔައީ ތުރުކީއާއި ރާއްޖޭގެ ދެމެދު އެއްބަސްވެފައިވާ ވިޔާފާރީ އެއްބަސްވުމުގެ ދެވަނަ މަޝްވަރާ ބައްދަލުވުމުގެ ތެރެެއިންނެވެ.

ތުރުކީއާއެކު ކުރިއަށްދާ ވިޔަފާރީގައި ރާއްޖެއިން އެކްސްޕޯޓު ކުރާ 214 މުދަލަށް ސުން ޕަސެންޓްގައި ތުރުކީއަށް އެތެރެ ކުރެވޭނެ އިންތިޒާމެއް ހަމަޖައްސައި ދެއްވުމަށް ދިވެހި ސަރުކާރުން ތުރުކީގެ ސަރުކާރުގެ ކިބައިން އެދިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ތުރުކީއާއެކު ވިޔަފާރި އެއްބަސްވުމެއް ދިވެހި ސަރުކާރުން މިދިޔަ މަހު އެކުލަވާލައިފައިވާ، އެ ގައުމުން އަންނަނީ އަސްކަރީ ގޮތުން ވެސް ރާއްޖެއަށް އެހީތެރިވަމުންނެވެ.

މިގޮތުން ތުރުކީ އިން ވަނީ ދިވެހި އަސްކަރިއްޔާގެ ވައިގެ ޚިދުމަތަށް ބޮޑު އެހީއަކާއެކު ޑްރޯން ރާއްޖެ ގެނެސްދީފައެވެ.

ތުރުކީއަކީ ރައީސް ވެރިކަމަށް ވަޑައިގަތުމަށްފަހު ރަސްމީ ފުރަތަމަ ދަތުރުފުޅު ކުރެއްވި ގައުމެވެ. ދެ ގައުމުގެ ގުޅުން މިހާރު ވަރަށް ބޮޑަށް ވަނީ ބަދަހިވެފައެވެ.

މީގެ އިތުރުން ޗައިނާއާއެކު ވެސް ރާއްޖެއިން ވަރަށް އަވަހަށް މިނިވަން ވިޔަފާރި ފަށާނެކަމަށް ސަރުކާރުން މައުލޫމާތު ދެއެވެ.

comment ކޮމެންޓް