ޝާހިދުގެ ބައްޕާފުޅު އަވަހާރަވެއްޖެ

އަބްދުﷲ ޝާހިދާއި ބައްޕާފުޅު ޝެއިހް މޫސާ ޖަމީލް--

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ ބައްޕާފުޅު ޝެއިހް މޫސާ ޖަމީލް މިއަދު އަވަހާރަވެއްޖެއެވެ.

ޝާހިދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިގޮތުގައި ބައްޕާފުޅު އަވަހާރަވީ މިއަދު ހެނދުނެވެ.

ދަރަވަންދޫގެއަށް ނިސްބަތްވާ މޫސާ ޖަމީލަށް ފަސް ބޭކަލުން ލިބިވަޑައިގަތެވެ. އޭގެ ތެރެއިން އެންމެ ދޮށީ މުހައްމަދު ޝާހިދެވެ. އެއަށް ފަހު އަބްދުﷲ ޝާހިދާއި އަހުމަދު ޝާހިދެވެ. ހަގަށް ލިބިވަޑައިގަތީ ފާތުމަތު ޝާހިދާއާއި އާމިނަތު ޝާހިދާއެވެ. ހަގު ދެ ބޭފުޅުން އަވަހާރަވީ 1980 ވަނަ އަހަރު ވަރަށް ޅައުމުރުގައި އާއިލާއާއެކު ވ. ކެޔޮދުއަށް ވަޑައިގެން މޫދުގައި އުޅުއްވަނިކޮށެވެ.

ޝައިހް މޫސާ ޖަމީލު ނިސްބަތްވަނީ ރާއްޖޭގައި ރަސްކަން ކުރެއްވި ހުރަވީ ދަރިކޮޅަށެވެ.

comment ކޮމެންޓް