ކުޅުދުއްފުއްޓަށް ކަރަންޓު ދެވޭނީ އިރުއޮއްސޭހާއިރު: ފެނަކަ

ކުޅުދުށްފުށީ ސިޓީ --- ފޮޓޯ/ޒުވާން މަސްވެރިޔާ

ކަރަންޓުގެ ޚިދުމަތް މެދު ކެނޑިފައިވާ ކުޅުދުށްފުށި ސިޓީއަށް އަލުން ޚިދުމަތް ދެވޭނީ އިރުއޮއްސޭހާއިރު ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފިއެވެ.

ފެނަކައިން ކުރި ޕޯސްޓެއްގައި ބުނީ އެރަށުގެ ޓްރާންސްމޯރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އަނދާފައިވާ ކަމަށެވެ.

އެހެންވެ، ހެނދުނު 9:15 ހާއިރު މުޅި ރަށުން ކަރަންޓު ކެނޑިފައިވާ ކަމަށާއި އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

ފެނަކައިން ބުނީ ކަރަންޓުގެ މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދެވޭނީ މިއަދު 18:00 ހާއިރު ކަމަށެވެ. އެހެންވެ، ކަރަންޓު ނެތި ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ފެނަކައިން ވަނީ މައާފަށް އެދިފައެވެ.

މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް ކުޅުދުއްފުށީ ސިޓީއަށް ކަރަންޓުގެ ޚިދުމަތް ލިބުމުގައި ދަތިތަކެއް ދިމާވިއެވެ. އެހެންވެ ދިމާވި ދަތިތަކުގެ ސަބަބުން މި މަހުގެ ކަރަންޓު ބިލުން 50 ޕަސެންޓް ޑިސްކައުންޓު ދިނުމަށް ފެނަކައިން ވަނީ ނިންމާފައެވެ.

https://sun.mv/190696

މީގެ ކުރިން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެސް ވަނީ މި ސަރުކާރު ވެރިކަމާ ހަވާލުވީއިރު، ރަށްރަށުގައި ހުރި ފެނަކަ އިންޖީނުގެތައް ހުރީ ވަރަށް ހާލުގައި ކަމަށާއި، މިހާރު އެ އިންޖީނުގެތަކުގައި ހުރި ޖަނަރޭޓަރުތައް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް