ރައީސް ލ. އަތޮޅާއި އައްޑުއަށް ފުރާވަޑައިގެންފި

ރައީސް ލ. އަތޮޅާއި އައްޑުއަށް ފުރާވަޑައިގެންފި--ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، ހައްދުންމައްޗާއި އައްޑޫ ސިޓީގެ ބައެއް ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ހައްދުންމަތީ މާވަށް އިސްދޫ، ދަނބިދޫ، ފޮނަދޫ އަދި ގަމަށް ޒިޔާރަތްކުރައްވަން ވަނީ ހަމަޖެހިފައެވެ.

މިގޮތުން މި ދަތުރުފުޅުގައި އެ ރަށްރަށުގެ ރައްޔިތުންނާއި ކައުންސިލްތަކާއި އ.ތ.މ. ކޮމިޓީތަކާ ބައްދަލުކުރައްވައި، އެރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.

ހައްދުންމަތީގެ ދަތުރަށްފަހު ރައީސް މާދަމާ އައްޑޫސިޓީއަށް ނުރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގަންނަވާނެއެވެ.

މި ދެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ ވެރިކަމުގެ ފަސް އަހަރުތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށްވެސް މަދުވެގެން ދެފަހަރު ޒިޔާރަތް ކުރެއްވުން ކަމަށެވެ.

comment ކޮމެންޓް