ރާބިޠާގެ އެންމެ މަތީ މަޖިލީހުގެ މެމްބަރަކަށް ޝަހީމް އައްޔަން ކުރައްވައިފި

ރާބިޠާގެ އެންމެ މަތީ މަޖިލީހުގެ މެމްބަރަކަށް ޝަހީމް އައްޔަން ކުރައްވައިފި--ފޮޓޯ

މުސްލިމު ވޯލްޑްލީގް (ރާބިޠަތުލްޢާލަމީލް އިސްލާމީ) ގެ އެންމެ މަތީ މަޖިލީހުގެ މެންބަރަކަށް ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ޢައްޔަންކުރައްވައިފިއެވެ.

އެ މަޖިލީހަށް ޑރ ޝަހީމް ޢައްޔަންކުރެއްވީ ރާބިޠާގެ ސެކްރެޓަރީ ޖެނެރަލް ޑރ މުޙައްމަދު ބިން ޢަބްދުލްކަރީމުލްޢީސާއެވެ.

ރާބިޠާގެ އެންމެ މަތީ މަޖްލީހަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ އިލްމީ ޝަޚުޞިއްޔަތުތައް ހިމެނޭހެން އެކުލެވިގެންވާ ރާބިޠަތުލްޢާލަމިލްއިސްލާމީގެ އެންމެ މަތީ މަޖިލީހެވެ.

ރާބިޠާއަކީ އިސްލާމީ ދުނިޔޭގެ އެންމެ ބޮޑު އިސްލާމީ ބައިނަލްއަޤުވާމީ ޖަމިއްޔާއެވެ. އެ ތަނުގެ ހެޑް އޮފީސް ހުންނަނީ މާތްވެގެންވާ މައްކާގައެވެ.

comment ކޮމެންޓް