މޯލްޑިވިއަންއިން އައްޑުއާއި ކޫއްޑޫއާ ދެމެދު ސީދާ ދަތުރުތައް ފަށަނީ

މޯލްޑިވިއަންގެ ބޯޓެއް: އެ އެއާލައިނުން ވަނީ އައްޑޫ އާއި ކޫއްޑޫ އާ ދެމެދު ދަތުރުތައް ފަށަން ނިންމައިފައި --

މޯލްޑިވިއަންއިން އައްޑޫ ސިޓީ އާއި ގއ. ކޫއްޑޫއާ ދެމެދު ސީދާ ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ.

މޯލްޑިވިއަންގެ އިއުލާނެއްގައިވަނީ ދަތުރުތައް ފަށާނީ އޮކްޓޯބަރު 29ގައި ކަމަށާއި ނަމަވެސް މިއަދުން ފެށިގެން ޓިކެޓް ބުކް ކުރެވޭނެ ކަމަށެވެ.

މޯލްޑިވިއަންއިން އައްޑުއާއި ކޫއްޑޫއާ ދެމެދު ސީދާ ދަތުރުތައް ބާއްވާނީ އަންގާރަ އާއި ހޮނިހިރު ދުވަހުގައެވެ. އެގޮތުން ކޫއްޑޫއިން ގަމަށް ދަތުރު އޮންނާނީ 11:55 އިން 12:35އަށެވެ. އަދި ގަމުން ކޫއްޑޫއަަށް ދަތުރުކުރާނީ 17:30އިން 18:10އަށެވެ.

މޯލްޑިވިއަންއިން ބުނީ އެ ޚިދުމަތް ފަށަނީ ސައުތު ކަނެކްޓިވިޓީ އިނިޝިއޭޓިވްގެ ދަށުން ކަމަށެވެ.

އެއީ ދިވެހިންނަށާއި ފަތުރުވެރިން ވެސް ދަތުރުފަތުރު ފަސޭހަކޮށްދިނުމަށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށާއި، ކޫއްޑޫއާއި ގަމާ ދެމެދު ދަތުރުތައް ފެށުމުން ސްރީލަންކަން އެއާލައިންސްއިން އަންނަ ފަތުރުވެރިންނަށް ގއ. އާއި ގދ. އަތޮޅުގެ ރިޒޯޓުތަކަށް ފަސޭހަކަމާއެކު ދެވޭނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.

comment ކޮމެންޓް