މިއަދުން ފެށިގެން ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

އިސްލާމިކް މިނިސްޓްރީއަށް މީހަކު ޒަކާތް ދައްކަނީ -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

މިއަދުން ފެށިގެން ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފިއެވެ.

މިކަމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނީ ފިތުރު ޒަކާތް ބަލައިގަންނަން ހަމަޖެހުފައި ވަނީ އަމީނިއްޔަ ސުކޫލު ހޯލު، (ލިލީ މަގު ދޮރާށި)ން ކަމަށެވެ.

އަދި ހުކުރު ދުވަހާއި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް މި ޚިދުމަތް އެ ސްކޫލުގައި މިނިސްޓްރީން ދޭނެއެވެ.

މިނިސްޓްރީން ބުނީ މިއަދުން ފެށިގެން މި މަހުގެ އަށް ވަނަ ދުވަހުގެ ނިޔަަލަށް 13:00 އިން ފެށިގެން 16:00 އާ ހަމައަށް ފިތުރު ޒަކާތް ބަލައިގަންނާނެ ކަމަށެވެ.

އަދި އޭޕްރިލް މަހުގެ ނުވަ ވަނަ ދުވަހު ވެސް 13:00 އިންފެށިގެން އިރުއޮއްސި 18:00 ގެ ނިޔަލަށް މިޚިދުމަތް ފޮރުކޮށްދޭނެއެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވާ ގޮވާމުގެ ބާވަތްތަކަކީ، އާދައިގެ ހަނދޫ، ތައި ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، ގޮދަންފުށް އަދި އާޓާ ފުށެވެ.

މި އަހަރު ރޯދަ މަހުގެ ފުރަތަމަ 10ގައިވެސް ފިތުރު ޒަކާތުގެ ގޮތުގައި މިހާތަނަށް 1,599,113 ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ

comment ކޮމެންޓް