ދަރުމަވަންތަ މިސްކިތުން އަނެއްކާ ވެސް ވައްކަންކޮށްފި

މާލޭގެ ދަރުމަވަންތަ މިސްކިތުގެ ފެން މީޓަރު ވަގަށް ނަގާފައި -- ފޮޓޯ/ ސިޓީ ކައުންސިލް

މާލޭގެ ދަރުމަވަންތަ މިސްކިތުން މިދިޔަ ހަފުތާގައި ވައްކަންކޮށްފައިވަނިކޮށް، މިރޭ ވެސް އެ މިސްކިތުން ވައްކަންކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އެ މިސްކިތުން މިފަހަރު ވަގަށް ނަގާފައި ވަނީ ފެން މޯޓަރެއް ކަމަށާއި އެ މައްސަލަ ފުލުހަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ ކައުންސިލުން "ސަން"އަށް މައުލޫމާތު ދިން ގޮތުގައި މީޓަރު ވަގަށް ނަގާފައިވާކަން ފާހަގަކުރެވުނީ މިރޭ ތަރާވީހަށް ފަހުގައެވެ.

ފުލުހުން އެކްސްގައި ބުނީ އެ މައްސަލައާ ގުޅިގެން ފުލުހުން ދަރުމަވަންތަ މިސްކިތަށް ގޮސް، ކުށުގެ ވެށިން ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ މިސްކިތުގެ ފާރުގައި ހަރުކޮށްފައި ހުރި ދެ ފަންކާއެއް މިދިޔަ ހަފުތާގެ ހޯމަ ދުވަހު ވަނީ ވަގަށް ނަގައިފައެވެ.

އެ މައްސަލަ ވެސް ފުލުހަށް ހުށަހެޅި ކަމަށް އޭރު ކައުންސިލުން ބުންޏެވެ.

އޭގެ ކުރިން، މިމަހުގެ 18ގައި މާލޭގެ ބަންޑާރަ މިސްކިތާއި ވިޔަފާރިވެރިންގެ މިސްކިތުގެ އަންހެނުން ވުޟޫ ކުރާ ބައިގެ ފެން އިސްކުރުތަކަށާއި ފާހާނަ ތައްޓަށް ގެއްލުންދިން މައްސަލައެއް ފެންމަތިވިއެވެ.

މިސްކިތްތަކަށް ގެއްލުން ދިނުމަކީ މަދުން ނަމަވެސް ދިމާވާ ކަމެކެވެ. މިސްކިތްތަކުގައި ސީސީޓީވީ ހަރުކޮށްފައި ހުންނަ ނަމަވެސް މި ކަމަށް އެދެވޭ ހައްލެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

comment ކޮމެންޓް