ހެއާ ކްރީމެއްގެ ސަބަބުން އަންހެނެއްގެ ކިޑްނީ ފެއިލްވެއްޖެ

އިސްތަށިގަނޑު ފަން ކުރަން ބޭނުންކުރާ ކްރީމެއްގެ ސަބަބުން އަންހެނެއްގެ ކިޑްނީ ވަނީ ފެއިލްވެފައި. ފޮޓޯ/ޔާހޫ.ކޮމް

އޮންލައިންކޮށް ވިއްކާ އިސްތަށިގަނޑުގައި ބޭނުންކުރާ ކްރީމެއްގައި އެކުލެވޭ ކެމިކަލެއްގެ ސަބަބުން އަންހެނެއްގެ ކިޑްނީ ފެއިލްވެއްޖެއެވެ.

އިސްތަށިގަނޑު ފަންކުރުމަށް ބޭނުންކުރާ އެ ކްރީމްގައި އެކުލެވޭ ގްލައިއޮކްސިލިކަލް އެސިޑްގެ ސަބަބުން އުމުރުން 26 އަހަރުގެ އެ އަންހެން މީހާއަށް މޭނުބައިކޮށް ހޮޑުލުމާއި ބޭރަށްހިންގުން، ހުން އައުމުގެ އިތުރުން ބުރަކަށީގައި ރިއްސުން ފަދަ ކަންކަން ކުރިމަތިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެ އަންހެމީހާއަކީ މީގެކުރިން އެއްވެސް ބޮޑު ބައްޔެ ހުރި މީހެއް ނޫނެވެ.

އެ ހާދިސާއާ ގުޅިގެން ޑޮކްޓަރުން އިންޒާރުދީފައިވާ ގޮތުގައި ގޮތުގައި ގްލައިއޮކްސިލިކް އެސިޑްގެ ސަބަބުން ހަންގަނޑު ތެރެއިން ލޭ ހޮޅިތަކަށް ދަތުރުކޮށް އެތެރޭގެ ގުނަވަންތަކަށް ފޯރައެވެ. އެއާއެކު ކްރިސްޓަލް އުފައްދައި ކިޑްނީ ހިނގުން ހުއްޓުވައެވެ.

އިސްތަށިގަނޑު ފަން ކުރުމަށް ބޭނުންކުރާ ހެއާ ކްރީމެއްގެ ސަބަބުން ކެންސަރު ޖެހޭ ކަމަށްބުނެ، މަޝްހޫރު ބްރޭންޑް ލޯރެއާލްއަށް ވެސް މީގެކުރިން ވަނީ ދައުވާކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް