ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް

ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ރޭ ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ރައީސް އޮފީހުން ހާމައެއް ނުކުރައްވައެވެ. އެހެންކަމުން މިއީ ކިހާ ދުވަހެއްގެ ދަތުރުފުޅެއްކަމެއް އަދި ނޭނގެއެވެ.

މީގެ ކުރިން ވެސް ރައީސްގެ ދެކަނބަލުން ވަނީ އެއްފަހަރު ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފައެވެ. އެއީ, މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައި އެ މަނިކުފާނު އިންތިޚާބީ ރައީސްގެ ގޮތުގައި ހުންނެވި އިރެވެ.

އެ ދަތުރުފުޅުގައި އެމަނިކުފާނު ހޭދަކުރެއްވީ ގާތްގަނޑަކަށް ހަފުތާއެއްހާ ދުވަހެވެ.

ވެރިކަމަށް އިންތިޚާބުވުމަށް ފަހުގައި އެންމެ ފުރަތަމަ ރައީސް ދަތުރުފުޅެއް ކުރެއްވީ ތުރުކީއަށެވެ. އެއަށް ފަހު، އެ މަނިކުފާނުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ކުރެއްވީ ޗައިނާއަށެވެ.

comment ކޮމެންޓް