ސައުދީން ރާއްޖެއަށް 55 ޓަނުގެ ކަދުރު ހަދިޔާކޮށްފި

ސައުދީ ސަރުކާރުން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން -- ފޮޓޯ/ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ

ސައުދީ އަރަބިއްޔާއިން ރާއްޖެއަށް 55 ޓަނުގެ ކަދުރު މިއަދު ހަދިޔާކޮށްފިއެވެ.

ރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ ސައުދީ ސަރުކާރުން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކުރުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ސައުދީގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިތުރު ފަސް ޓަނުގެ ކަދުުރު ވެސް މިއަދު ހަދިޔާކޮށްފައިވެއެވެ.

މި ދެ އެއްބަސްވުމުގައި ސޮއިކުރުމަށް ރަސްމިއްޔާތު ބާއްވާފައިވަނީ ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގައެވެ.

ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީން ރާއްޖެއަށް 5 ޓަނުގެ ކަދުރު ހަދިޔާކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން -- ފޮޓޯ/ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ

މި ދެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. ސައުދީގެ ފަރާތުން ސޮއިކުރެއްވީ ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަތްރިކް އައްދައުސަރީއެވެ.

ސައުދީ އަރަބިއްޔާ ސަރުކާރުން ކޮންމެ އަހަރެއްގެ ރަމަޟާންމަހަށް ވެސް ރާއްޖެއަށް ކަދުރު ހަދިޔާކުރެއެވެ.

comment ކޮމެންޓް