"ކޯޕައިލެޓް އޭއައި އެސިސްޓެންޓް" ވިންޑޯސް 11ގެ ފައިލް އެކްސްޕްލޯރާއަށް

މައިކްރޯސޮފްޓްގެ އޭއައި އެސިސްޓެންޓް ކޯޕައިލޮޓް

މައިކްރޯސްފްޓްގެ ކޯޕައިލޮޓް އޭއައި އެސިސްޓެންޓް، ވިންޑޯސް 11ގެ ފައިލް އެކްސްޕްލޯރާ އަށް އިންޓަގްރޭޓް ކުރަން ހަމަޖެހިފައިވާ ކަމަށާއި، ވަރަށް އަވަހަށް އެ ފީޗާ ފެންނާނެކަމަށް ޓެކް ރިޕޯޓްތައް ބުނެފިއެވެ.

މައިކްރޮސޮފްޓުން ވިންޑޯޒް 11ގައި އެ ކުންފުނީގެ ކޯޕައިލޮޓް އޭއައި އެސިސްޓެންޓް އިންޓަގްރޭޓް ކުރުމަށް ކުރަމުންދާ މަސައްކަތް ކުރިއަށް ދާއިރު، އެންމެ ފަހުގެ ޓެކް ޚަބަރުތައް ބުނާ ގޮތުގައި ވަރަށް އަވަހަށް ފައިލް އެކްސްޕްލޯރާއަށް އެ ފީޗާ އަންނާނެއެވެ.

ލީކުވެފައިވާ ސްކްރީންޝޮޓްތަކުން ފެންނަގޮތުގައި ފައިލް އެކްސްޕްލޯރާ ހުޅުވާލުމަށްފަހު ފެންނަ ފައިލްތަކަށް ރައިޓް ކްލިކް ދިނުމުން ފެންނަ ކޮންޓެކްސްޓް މެނޫގައި "ކޯޕައިލެޓް" އޮޕްޝަނެއް ފެންނަން ހުރެއެވެ.

މި ފީޗާގެ ސަބަބުން ސަމްމަރައިޒޭޝަން އަދި އެނަލިސިސް ފަދަ ކަންކަމަށް ލިޔުންތަކާއި ފޮޓޯތައް އޭއައިއަށް ވަގުތުން ފޮނުވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ފައިލް އެކްސްޕްލޯރާގެ ކުރިއަށް އޮތް ކޯޕައިލޮޓް އިންޓަގްރޭޝަންގެ ސްކްރީން ޝޮޓްތައް އެކްސްއާއި، އެހެނިހެން ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި އިތުބާރުހުރި ފަރާތްތަކުން ގެންދަނީ ދައުރު ކުރަމުންނެވެ.

މި ފީޗާ ލިބޭނީ ކުރިއަށްއޮތް ވިންޑޯޒް ލެސްޓް ނުވަތަ ވިންޑޯޒް 11 ބިލްޑް (26080) އިން ކަމަށްވެސް އެފަދަ ފަރާތްތަކުން ވަނީ ބުނެފައެވެ.

ކޯޕައިލޮޓަށް ފައިލެއް ފޮނުވުމުން ކޯޕައިލޮޓް އިންޓަފޭސްގެ ތެރޭގައި އެ ލިޔުމުގެ ކޮންޓެންޓާ ބެހޭ ގޮތުން ސުވާލު ކުރުމުގެ ފުރުސަތު ނުވަތަ ރިކުއެސްޓް ކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިސާލަކަށް ޓެކްސްޓް ފައިލެއް ކޯޕައިލޮޓަށް ފޮނުވާލައިގެން ރީފްރޭޒް ކޮށްލުން ކަހަލަ ބައިވަރު ފީޗާތައް ލިބިގެންދާނެއެވެ.

މި ފީޗާ އަދި އޮތީ ޓެސްޓިން މަރުޙަލާގައި ކަމަށް ބެލެވޭއިރު، ފައިލް އެކްސްޕްލޯރާ އިންޓެގްރޭޝަން އިން އިޝާރާތް ކުރަނީ ކޮޕައިލޮޓް އިން ކުރިއަށް އޮތް ތަނުގައި ފައިލާ ގުޅުންހުރި އިތުރު ފީޗާތައް ލިބޭނެ ކަމުގެ އިޝާރާތެކެވެ.

ވިންޑޯޒް ލެސްޓް އިން ލިބޭ މިފީޗާތަކަށް ބަލާއިރު، އޭގެ ތެރޭގައި ފޮޓޯއެއްގެ ބެކްގްރައުންޑްތައް ނައްތާލައި ނުވަތަ ރިޒޮލިއުޝަން އަޕްސްކޭލިންކޮށްލުމާއި، ލިޔުންތައް "ރީރައިޓް" ކުރުމުގެ ނުވަތަ ފޮޓޯތައް އެޑިޓް ކުރުމުގެ އޮޕްޝަންތައް ވެސް ހިމެނޭނެއެވެ.

މައިކްރޮސޮފްޓުން އަންނަނީ އެކުންފުނީގެ ޕްރޮޑަކްޓް ލައިންއަޕްގައި އެކުންފުނީގެ ކޯޕައިލޮޓް އޭއައި އެސިސްޓެންޓް ކުރިއަރުވާ ރޯލްކުރަމުން ކަމަށްވާއިރު، އޭގެ ތެރޭގައި ވިންޑޯޒް 11 ޓާސްކްބާ އާއި ވޯޑް އަދި ޕަވާޕޮއިންޓް ފަދަ މައިކްރޮސޮފްޓް 365 އެޕްލިކޭޝަންތަކާއި ފޮޓޯސް އަދި ޕެއިންޓް ފަދަ ކްރިއޭޓިވް ޓޫލްސް ހިމެނެއެވެ.

މީގެ އިތުރުން ވިންޑޯޒް 11ގެ އާ ބައެއް ޕީސީތަކުގައި ހާއްސަ ކޮޕައިލެޓް ކީއެއް ގެންނަން ނިންމާފައިވާ ކަން ވެސް އެ ކުންފުނިން ވަނީ އިއުލާނުކޮށްފައެވެ.

ބޮޑެތި ބަހުގެ މޮޑެލްތަކުން ބާރުލިބޭ ކޯޕައިލޮޓް އަށް މައުލޫމާތު ކުރުކޮށް ދީގެން، ޓެކްސްޓް އަދި ފޮޓޯ ޖެނެރޭޓްކޮށް، ކޯޑް ލިޔުމުގެ އިތުރުން ގުދުރަތީ ބަހުގެ އިންޕުޓް މެދުވެރިކޮށް ތަފާތު މަސައްކަތްތައް އޮޓޮމޭޓް ކުރެވޭނެއެވެ.

ފައިލް އެކްސްޕްލޯރާ އިންޓަގްރޭޝަނުން ދައްކާ ފަދައިން، ކުރިއަށް އޮތް މަސްތަކުގައި ވިންޑޯޒް 11 ގެ ތަޖުރިބާގެ އިތުރު ބައިތަކަށް ކޯޕައިލޮޓްގެ ގާބިލުކަން އިތުރުކުރެވިގެން ދާތަން ފެންނާނެ ކަމަށް އުންމީދު ކުރެވެއެވެ.

comment ކޮމެންޓް