މައްސަލައަކީ ޕިކަޕުތަކުން ކުނި އުކައިދޭ ފީ މާ ބޮޑުވުން: މޭޔަރު

މާލޭގެ އިންތިޚާބީ މޭޔަރު އާޒިމް: -- ސަން ފޮޓޯ: އިންފިނިޓް މޫވްމަންޓްސް/ މުހައްމަދު މާވީ

ގަވާއިދާ ޙިލާފަށް މަގުމައްޗަށް ކުނިއެޅުން ގިނަވާ އެއް ސަބަބަކީ އަމިއްލަ ފަރާތްތަކުން ޕިކަޕުތަކުގައި ކުނި އުކައިދޭ އަގު ބޮޑު ކުރުންކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެެއްޖެއެވެ.

މިއަދު މާލޭ ސިޓީ ކައުންސިލުން ބޭއްވި އާންމު ޖަލްސާގައި އާޒިމް ވިދާޅުވީ އާންމުން ކުނި މަގުމައްޗަށް އަޅަނީ ވެމްކޯ އިން ކުނި އުކައިދޭ ފީ ބޮޑުވެގެން ނޫންކަމަށާއި، އެއީ ކުނި އުކުމަށް އަމިއްލަ ޕިކަޕުތަކުން ނަގާ އަގު ބޮޑުވީމާ ކަމަށެވެ.

މޭޔަރު ވިދާޅުވީ އަމިއްލަ ފަރާތްތަކުން ޕިކަޕް ފީއަށް 50 ރުފިޔާ ޖަހައިފައި ކުނި ގޮނޑަށްދާން 1500 ރުފިޔާ ނަގާކަމަށެވެ. މި ކަމަށް ދާއިމީ ޙައްލެއް ހޯދަން މަސައްކަތްކުރާކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ.

މޭޔަރު ވިދާޅުވީ ކުނި މަގުމައްޗަށް އެޅުން މަދުވި ކަމުގައިވީ ނަމަވެސް ބައެއް ފަރާތްތަކުން އަދިވެސް މަގުމަތީގައި ކުނި ބަހައްޓަމުންދާ ކަމަށެވެ.

ނަމަވެސް މާލެތެރޭ ސާފުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުންނާއި ވެމްކޯ ވަަރަށް ބޮޑަށް އިސްކަމެއް ދީގެން ކުރިއަށްގެންދާ ކަމަށާއި ކުނި މަގުމައްޗަށް އަޅައި ފަރާތްތައް ހޯދައި ފުލުހަށް ހާޒިރުކޮށް ފިޔަވަޅު އަޅަމުންދާ ކަމަށް މޭޔަރު އާޒިމް ވިދާޅުވިއެވެ.

comment ކޮމެންޓް