4000 އަހަރު ކުރިން އުފެއްދި ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ ލިޕްސްޓިކް

ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ ކަމަށް ބެލެވޭ ލިޕްސްޓިކް --- ފޮޓޯ/ނިއު ޔޯކު ޓައިމްސް

މީގެ 4،000 އަހަރު ކުރިން އުފައްދާފައިވާ ލިޕްސްޓިކެއް، ދިރާސާވެރިން ހޯދައިފިއެވެ.

އެއީ ދުނިޔޭގެ އެންމެ ގިނަ ދުވަސްނީ ލިޕްސްޓިކް ކަމަށް ބެލެވޭ ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

އީރާނުގެ އިރު ދެކުނު ސަރަހައްދުން ހޯދި އެ ލިޕްސްޓިކަކީ ވަރުގަދަ ހިލަޔަކުން ހަދައި އޭގެ ތެރެއަށް ރަތް ކުލައިގެ ޕޭސްޓުގަނޑެއް އަޅައިފައިވާ، މިހާރު މި ފެންނަ ލިޕްސްޓިކް ހުންނަ ގޮތަށް ހަދާފައިވާ އެއްޗެކެވެ.

"އަހަރެމެންނަށް ބޮޑަށް ބެލެވެނީ އެއީ ސޮލިޑް ލިޕްސްޓިކަކަށް ވުރެ ލިޕް ޕެއިންޓެއް ކަމަށް،" ދިރާސާގެ ލީޑް ރިސާޗަރުންގެ ތެރެއިން އެކަކު ނެރުނު ބަޔާނެއްގައި ބުންޏެވެ.

މީލާދީން 1936 އާއި 1687އާ ދެމެދު އުފައްދާފައިވާ ކަމަށް ދިރާސާވެރިން ބުނާ އެ ލިޕްސްޓިކް ފުރަތަމަ ފެނުނީ އީރާނުގެ ގަދީމީ ގަބުރުސްތާނަކަށް 2001 ވަނަ އަހަރު ފެންބޮޑުވުމަށް ފަހު އެ ތަނުން ކަމަށް ފެބްރުއަރީ މަހު ސައިންޓިފިކް ރިޕޯޓްސް ޖާނަލްގައި ޝާއިއުކުރި ދިރާސާއެއްގައި ވަނީ ބުނެފައެވެ.

ދިރާސާކުރާ މީހުން އެ ލިޕްސްޓިކް ތަހުލީލުކުރުމުގެ ކުރިން އީރާނުގައި ހުންނަ ޖިރޯފްޓް އާކިއޮލޮޖިކަލް މިއުޒިއަމްގެ ކަލެކްޝަންގެ ބައެއްގެ ގޮތުގައި މި އެ ލިޕްސްޓިކް ވަނީ ބަހައްޓައިފައެވެ.

comment ކޮމެންޓް