ފުރަތަމަ ފަހަރަށް ޕްރައިވެޓް ޕްލޭސްމަންޓު ބޮންޑު ކާމިޔާބުކޮށް ޔޫރޯ މާކެޓިންއިން ކޫޕަން ޕޭމަންޓު ދޫކޮށްފި

ފުރަތަމަ ފަހަރަށް ޕްރައިވެޓް ޕްލޭސްމަންޓު ބޮންޑު ކާމިޔާބުކޮށް ޔޫރޯ މާކެޓިންއިން ކޫޕަން ޕޭމަންޓުގެ ދޫކުރުން ---

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕްރައިވެޓް ޕްލޭސްމަންޓުގައި ލިސްޓު ކުރެވުނު ބޮންޑު ކާމިޔާބުކޮށް އޭގެ ފުރަތަމަ ޕީރިއަޑިކް ޕޭމަންޓުގެ ގޮތުގައި 7.46 މިލިއަން ރުފިޔާ ބޮންޑު ހޯލްޑަރުންނަށް ކޫޕަން ޕޭމަންޓު ދޫކޮށްފިއެވެ.

ކާމިޔާބު ނަތީޖާތަކެއް ނެރެދިނުމުގެ ޤާބިލުކަން ސާބިތުވެފައިވާ ފަސްޓް ނޭޝަނަލްއަކީ މާލީ ބާޒާރުގައި ފައިނޭންސިން ހޯދުމަށް މަސައްކަތްކުރާ ކުންފުނިތަކުގެ އިތުބާރު ލިބިފައިވާ ޕާޓްނަރެއްގެ ގޮތުގައިވަނީ ވެފައެވެ.

އެ ކުންފުނިން ދޭ އެހެން ޚިދުމަތްތަކުގެ ތެރޭގައި ފަންޑު މެނޭޖެމެންޓް، އެޑްވައިޒަރީ އަދި ބްރޯކަރޭޖްގެ ޚިދުމަތްތައް ވެސް ހިމެނެއެވެ.

އެގޮތުން ޔޫރޯ މާކެޓިންއިން މި ބޮންޑު ވިއްކަން ހުޅުވާފައިވަނީ ހުޅުމާލޭގައި ސްޓޯރޭޖް ވެއާހައުސްއެއް ހެދުމަށް ޓަކައި ފައިސާ ހޯދުމަށެވެ. މި ބޮންޑަށް ގިނަ އަދަދެއްގެ އިންވެސްޓަރުންގެ މަޤުބޫލުކަން ލިބުނުކަން ވަނީ ފާހަގަވެފައެވެ.

މި ދިޔަ މަހުގެ 15 ވަނަ ދުވަހު އައިކެއާރ ޕްރައިވެޓް ލިމިޓެޑުން ވަނީ އިސްލާމީ ޝަރީޢާގެ ފައިނޭންޝަލް އިންސްޓްރޫމެންޓެއް ކަމަށްވާ ސުކޫކަކާއެކު މާލީ ބާޒާރަށް ނުކުމެފައެވެ.

ޔޫރޯ މާކެޓިން އިން އިޝޫ ކުރި ހަތަރު އަހަރުގެ ކޮންވެންޝަނަލް އެމޯޓައިޒްޑް ބޮންޑުގެ ސަބްސްކްރިޕްޝަން ބަންދު ކޮށްފައިވަނީ މި މަހު ފަހެއްގައެވެ. އަދި މި ބޮންޑުގައި އިންވެސްޓު ކުރި ފަރާތްތަކަށް އިންޓްރެސްޓް އާއި ޕްރިންސިޕަލް ޕޭމަންޓު ހަތަރު އަހަރު ވަންދެން އަހަރަކު އެއް ފަހަރު ލިބޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް