ސައުދީއަށް ވެސް، މާދަމާއަކީ ރޯދަމަހުގެ ފުރަތަމަ ދުވަސް

ސައުދީއަށް މާދަމާއަކީ މުލަ ރޯދަ ދުވަސް ކަމަށް ވަނީ ކަނޑައަޅާފައި -- ފޮޓޯ/

ސައުދީ އަރަބިއާއިން މާދަމާއަކީ އެގައުމަށް މުލަ ރޯދަ ދުވަސް ކަމުގައި ކަނޑައަޅައިފިއެވެ.

ސައުދީ ނޫސްތަކުގައިވާ ގޮތުން އެގައުމުގެ ސުދައިރު ސަރަހައްދާއި އަލް ހަރީގު އަވަށަށް ހަނދު ފެނި، އެކަން ވަނީ ސާބިތުކޮށްދީފައެވެ. އެހެންވެ، އެގައުމުގެ ސުޕްރީމް ކޯޓުން މިއަދު ވަނީ މާދަމާއަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސްކަން އިއުލާންކޮށްފައެވެ.

ސައުދީގެ އިތުރުން އެހެން ބައެއް ގައުމުތަކުން ވެސް ވަނީ މާދަމާއަކީ މުލަ ރޯދަ ދުވަސްކަން އިއުލާންކޮށްފައެވެ. އޭގެ ތެރޭގައި ގަތަރާއި ކުވެއިތާއި ޔޫއޭއީ ހިމެނެއެވެ.

މިފަހަރު އެންމެ ގިނައިރު ވަންދެން ރޯދައަށް ތިބެން ޖެހޭނީ ގްރީންލޭންޑާއި އައިސްލެންޑުގައެވެ. އެއީ 16 ގަޑިއިރު ވަންދެނެވެ.

comment ކޮމެންޓް