ރޯދައާއެކު އައިޖީއެމްއެޗް މިސްކިތް އަލުން ހުޅުވައިފި

އައިޖީއެމްއެޗްގެ ހޮސްޕިޓަލު އަލުން ހުޅުވުން -- ފޮޓޯ/ އައިޖީއެމްއެޗް

މި ފެށޭ ރަމަޟާން މަހާއެކު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ނަމާދުކުރަން ޚާއްސަކޮށް ކުރިން ހުރި ޖާގަ، އަލުން މިސްކިތެއްގެ ގޮތުގައި މިއަދު ހުޅުވައިފިއެވެ.

އައިޖީއެމްއެޗުގައި ކުރިން މި ޖާގަ ބޭނުންކުރެވެމުން އައީ ނަމާދު ގެއެއްގެ ގޮތުގައެވެ.

ނަމަވެސް އަލުން އެ ތަން ތަރައްގީކުރުމަށްފަހު "އައިޖީއެމްއެޗް މިސްކިތް" ނަމުގައި މިއަދު ވަނީ ހުޅުވައިފައެވެ.

މިސްކިތް ހުޅުވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

މީގެ ކުރިން 2019ވަނަ އަހަރު އެ ހޮސްޕިޓަލުގެ މިސްކިތް ވަގުތީ ގޮތުންވަނީ ބަންދުކޮށްފައެވެ.

ނަމަވެސް އޭގެ ފަހުން މިސްކިތް ހުޅުވުން ގިނަ ދުވަސްވެ ހޮސްޕިޓަލަށް ޚިދުމަތް ހޯދަން ދާ މީހުންގެ ކަންބޮޑުވުމަކަށް އެ ކަން އޮތީ ވެފައެވެ.

comment ކޮމެންޓް