އިންޑިއާއިން ވިލާތުގެ ވިޔަފާރި ގްރޫޕަކާ އެކު އެއްބަސްވުމަކަށް

ވިލާތުގެ ހަތަރު ގައުމު ހިމެނޭ ގްރޫޕަކާއެކު އިންޑިޔާއިން ވަނީ ވިޔާރީގެ އެއްބަސްވުމަށް އައިސްފައި -- ފޮޓޯ/ބިޒްނަސް އިންސައިޑާ

ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުކުރުމަށް އަމާޒުކޮށްގެން ވިލާތުގެ ހަތަރު ގައުމު ހިމެނޭ ގްރޫޕަކާ އެކު އިންޑިއާއިން އިގުތިސާދީ އެއްބަސްވުމެއްގައި ސޮއިކުރަން ނިންމައިފިއެވެ.

އިންޑިއާއާ އެކު އެއްބަސްވުން ހެދީ ވިލާތުގެ ހަތަރު ގައުމު ކަމަށްވާ ސުވިޒަލޭންޑް، ނޯވޭ، އައިސްލޭންޑް އަދި ލިކްޓެންސްޓައިންއެވެ.

އެ ގައުމުތަކުން 15 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި 100 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް ކުރާނެ ކަމަށް އިންޑިއާއިން ބުނެއެވެ.

މިދިޔަ ދެ އަހަރު ތެރޭގައި އިންޑިއާއިން ވަނީ އޮސްޓްރޭލިއާއާއި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އާ އެކު ވިޔަފާރީގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. އިނގިރޭސިވިލާތާ އެކު ހަދައި ވިޔަފާރީގެ އެއްބަސްވުމުގެ އެންމެ ފަހު މަރުހަލާގައި އޮތްއިރު، އިންޑިއާއިން ހަދައި ވިޔަފާރީގެ އެއްބަސްވުންތަކަކީ 2030 ވަނަ އަހަރުގެ ނިޔަލަށް އެއް ޓްރިލިއަން ޑޮލަރުގެ އެކްސްޕޯޓް ކުރުމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އަމާޒަށް ވާސިލުވުމަށްކުރާ މަސައްކަތެއް ކަމަށް ކަމާބެހޭ އޮފިޝަލުން ބުނެއެވެ.

ވިލާތުގެ އިއްތިހާދުގެ ކައުންޓަވޭޓެއްގެ ގޮތުގައި 1960 ވަނަ އަހަރު އުފެއްދި ވިލާތުގެ އެ ގްރޫޕަކީ ދުނިޔޭގެ 10 ވަނައަށް އެންމެ ގިނައިން މުދަލުގެ ވިޔަފާރިކުރާ އަދި ހިދުމަތްތަކުގެ ވިޔަފާރިކުރާ ފަސްވަނައަށް އެންމެ ބޮޑު ގްރޫޕެވެ. އެގޮތުން އީޔޫއިން ބޭރުގެ 40 ގައުމަކާއި ސަރަޙައްދުތަކާ އެކު ގާތްގަނޑަކަށް 30 ވަރަކަށް ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ.

comment ކޮމެންޓް