ބާޒާރުގައި ލުނބޯގެ އަގު ބޮޑުވެގެން ދިއުމާ ގުޅިގެން, އެސްޓީއޯއިން ލުނބޯ އެތެރެކޮށް އަގުހެޔޮކޮށް ވިއްކަން ފަށައިފިއެވެ.
އެސްޓީއޯއިން ބުނީ ލުނބޯ އެތެރެކޮށް އަގުހެޔޮކޮށް ވިއްކަން ފެށީ ރަމަޟާން މަހަށް ތަކެތީގެ އަގު ކޮންޓްރޯލް ކުރުމުގެ ގޮތުން ކަމަށެވެ.
އެސްޓީއޯއިން ލުނބޯ ވިއްކާ އަގު:
- ކިލޯއެއް - 50 ރުފިޔާއަށް
- 23 ކިލޯ - 1175 ރުފިޔާއަށް
މި އަގުގައި ލުނބޯ ވިއްކަން ހަމަޖެހިފައިވަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް (ރީޓެއިލް), އެސްޓީއޯ ހޯލްސޭލް ސެންޓަރު, އަދި އެސްޓީއޯ އިންޑަސްޓްރިއަލް ވިލޭޖުން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
މީގެ އިތުރުން އެސްޓީއޯއިން ވަނީ ރަމަޟާން މަހަށް ފިޔާގެ އަގު ވެސް ހެޔޮކޮށްފައެވެ.
އެސްޓީއޯއިން ފިޔާ ވިއްކާ އަގު:
- ކިލޯއެއް - 17 ރުފިޔާއަށް
- ބަސްތާއެއް - 320 ރުފިޔާއަށް
ރަމަޟާން މަހަކީ ތަކެތީގެ އަގުތައް އުފުލިގެންދާ، އަދި ވަކިން ހާއްސަކޮށް ބާޒާރުގައި ވިއްކާ ތަކެއްޗަށް ޑިމާންޑު ބޮޑު ދުވަސްވަރެކެވެ.