އަންތާލިޔާ މެރެތަންގައި ރާއްޖެ ތަމްސީލު ކުރި ސަމީރަށް އެއްވަނަ

އަންތާލިޔާ މެރެތަންގައި ރާއްޖެ ތަމްސީލު ކުރި އަކިލް ސަމީރަށް ފިރިހެނުންގެ މެރެތަން ކެޓަގަރީން އެއްވަނަ ލިބިއްޖެއެވެ.

އޭނާ ދުވުން ކާމިޔާބު ކޮށްފައިވަނީ ދެ ގަޑިއިރާއި 20 މިނެޓުން ރޭސް ނިންމައިގެންނެވެ.

މީގެ އިތުރުން 45-49 އަހަރާ ދެމެދުގެ އުމުރުފުރާއިން ހުސާނާ މުހައްމަދު ވަނީ ތިން ވަނަ ހޯދާފައެވެ. އަދި ހާފް މެރެތަންގައި 30-35 އަހަރާ ދެމެދުގެ އުމުރުފުރާއިން ޗެމްޕިއަންކަން ހޯދާފައިވަނީ މުހައްމަދު ރަޝީދެވެ.

މިއަހަރުގެ ތުރުކީ، އަންތާލިޔާ މެރެތަންގައި ރާއްޖޭގެ އެލީޓް ރަނާސްގެ 13 ދުވުންތެރިން ވަނީ ބައިވެރިވެފައެވެ.

އެ ޓީމުން ބުނީ މިފަދަ މެރެތަންއަކަށް ދަނީ ވަރަށް ގިނައިން ޕްރެކްޓިސް ކޮށްގެން ކަަމަށެވެ. އެހެން ކަމުން މި މެރެތަންގައި އެ ޓީމުން ދުވާ ހުރިހާ ދުވުންތެރިންނަކީވެސް ވަރަށް 'ޕެޝަނޭޓް' ދުވުންތެރިންތަކެއް ކަން އެ ޓީމުން ވަނީ ފާހަގަ ކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް