ރައީސް އިތުރު ތިން އަތޮޅަކަށް މިއަދު ފުރައިވަޑައިގެންފި

ރައީސުލްޖުމުހުރިއްޔާ ޑރ މުޙައްމަދު ލަތީފް އާއި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފް-- ފޮޓޯ

ރައީސް ޑރ. މުޙައްމަދު މުއިއްޒު މިހާރު އަތޮޅު ތެރެއަށް ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން އިތުރު ތިން އަތޮޅަކަށް މިއަދު ފުރައިވަޑައިގެންފިއެވެ.

ރ. އަތޮޅާއި ބ. އަތޮޅަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގަތީ އިއްޔެއެވެ. މިއަދު ރައީސް ފުރައިވަޑައިގަތީ މ. އަދި ދ. އަދި ވ. އަތޮޅަށެވެ.

މި ދަތުރުފުޅުގައި ވެސް މި ތިން އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރައްވައި މި ތިން އަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެއެވެ. އެގޮތުން މިހާތަނަށް 121 ކައުންސިލަކާ ރައީސްވަނީ ބައްދަލުކުރައްވައިފައެވެ.

އެމަނިކުފާނުގެ އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް މަދުވެގެން ދެ ފަހަރު ޒިޔާރަތްކުންކަމުގައި ރައީސްވަނީ ވިދާޅުވެފައެވެ.

ރައީސްގެ މި ދަތުރުފުޅުތަކުގައި އެ މަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

comment ކޮމެންޓް