ބައެއް ޚިދުމަތުން ޑިސްކައުންޓާއެކު، ޓްރީޓޮޕްއިން ހަ ވަނަ އަހަރީ ދުވަސް ފާހަގަ ކުރަނީ

ޓްރީޓޮޕް ހޮސްޕިޓަލް ---

ޓްރީޓޮޕް ހޮސްޕިޓަލުގެ ހަ ވަނަ އަހަރީދުވަސް ފާހަގަ ކުރަނީ ވަރަށް ޚާއްޞާ އޮފާތަކަކާ އެކީގައި ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފިއެވެ.

މިކަމާ ގުޅިގެން ޓްރީޓޮޕުން ބުނީ، 2018 ވަނަ އަހަރުގެ މާޗު މަހު ރާއްޖޭގައި އެ ހޮސްޕިޓަލު ހުޅުވި ފަހުން އެއީ ބައިނަލްއަގުވާމީ ތަޖުރިބާއާއި، ރައްކާތެރިކަމާއި، އޯގާތެރިކަން އެކުލެވިގެންވާ، މަތީ ފެންވަރުގެ، މަލްޓިޑިސިޕްލިނަރީ ހެލްތުކެއާ ފޯރުކޮށްދިނުމުގައި ރާއްޖޭގައި އެންމެ ކުރީގައި އޮތް ހޮސްޕިޓަލު ކަމަށެވެ.

އެ ހޮސްޕިޓަލުން ވަނީ މިދިޔަ އަހަރުގެ ތެރޭގައި ހާސިލު ކުރެވުނު މުހިންމު ކަންކަމަށް އަލި އަޅުވައިލައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މާލޭގައި ޓްރީ ޓޮޕް ހޮސްޕިޓަލް ކްލިނިކް ހުޅުވުން.
  • ރާއްޖެއަށް ފުރަތަމަ ފަހަރަށް އައިވީއެފްގެ ޚިދުމަތް ތައާރަފުކުރުން.
  • ޓްރީ ޓޮޕް ހޮސްޕިޓަލް ފާޓިލިޓީ ސެންޓަރު މިދިޔަ އަހަރުގެ މެއި މަހު ލޯންޗުކުރުން.
  • ބ. އޭދަފުށީގައި ކޮންޓެކްޓް ސެންޓަރެއް ގާއިމުކުރުން.
  • ޚިދުމަތުގެ ފެންވަރާއި ގާބިލުކަން އިތުރުކުރުމަށް ދެވަނައަށް އެންމެ ޒަމާނީ އެމްއާރްއައި މެޝިނެއް ތަޢާރަފުކުރުން.

މީގެ އިތުރުން އެ ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލަކީ، ސިއްހީ ޚިދުމަތްތަކުގެ އިތުރުން ފަސްޓް އެއިޑް ޕާޓްނަޝިޕްތަކާއި ހެލްތު ކޭމްޕްތަކާއި ހޭލުންތެރިކުރުމުގެ ސެޝަންތަކާއި އެހެނިހެން ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް މުޖުތަމައުގެ ޖުމްލަ ސިއްހަތާއި ރައްކާތެރިކަން އިތުރުކުރުމަށްވެސް ހަރަކާތްތެރިވާ ހޮސްޕިޓަލެއް ކަމަށެވެ.

ޓްރީޓޮޕުގެ ހަ ވަނަ އަހަރީދުވަހަށް ޚާއްޞަކޮށްގެން، ބައެއް 'އެސްތެޓިކް' ޚިދުމަތްތަކުން 15 ޕަސެންޓް ޑިސްކައުންޓު ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ. އެ ޚިދުމަތްތަކުގެ ތެރޭގައި ހިމެނެނީ:

  • ދަތް ހުދުކުރުން
  • ލޭޒަ ހެއާ ރިމޫވަލް
  • ޓެޓޫ ރިމޫވަލް
  • ސްކިން ރިޖުވެނޭޝަން
  • އޮށާލަ ލަކުނު ނައްތާލުން

އެ ހޮސްޕިޓަލުން ބުނީ އިއްޔެ ފެށި މި އޮފާތައް، އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ލިބެން ހުންނާނެ ކަމަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގައި ސިއްޚީ ދާއިރާގައި ކުރިއަރާފައިވާ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގެ އަމާޒަކީ، ބަލިމީހާ ފުރަތަމަ ޑޮކްޓަރަށް ދައްކާ ހިސާބުން ފެށިގެން، ފޮލޯއަޕް ޕްރޮސެސްއާ ހަމައަށް، އޯގާތެރި ޚިދުމަތެއް ތަޖުރިބާ ކުރުމުގެ ފުރުސަތު ދިނުން ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

comment ކޮމެންޓް