އެޕަލްއަށް ކަރަންޓު ކާރެއް އުފެއްދޭ ގޮތެއްނުވި

އެޕަލްގެ ސީއީއޯ ޓިމްކޫކް --

ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޓެކްނޮލޮޖީ ކުންފުނި އެޕަލްއިން އިލެކްޓްރިކް ވެހިކަލް އުފެއްދުމަށް ހިންގި ބިޔަ ޕްރޮޖެކްގެ މަސައްކަތް ހުއްޓައިލައިފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ބްލޫމްބާގްގެ މާކް ގުރްމަންގެ ރިޕޯޓެއްގައި ވާގޮތުން ދިހަ އަހަރު ވަންދެން އެތައް ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓްތައްކޮށް، ޕްރޮޖެކްޓްގެ ލީޑަޝިޕަށް ގެނައި ބަދަލުތަކާއެކުވެސް، މަޝްރޫއަށް މިހާތަނަށް އެއްވެސް ހަރުދަނާ ކުރިއެރުމެއް ނުލިބޭތީ އެ މަސައްކަތް ރަސްމީކޮށް ވަނީ މިހާރު ހުއްޓައިލައިފައެވެ.

'ޕްރޮޖެކްޓް ޓައިޓަން'ގެ ނަން ދީފައިވާ އެ ޕްރޮޖެކްޓު ހުއްޓާލިކަން އެޕަލްގެ ގާތްގަނޑަކަށް 2،000 އެއްހާ މުވައްޒަފުންނަށް އިއުލާނުކުރީ މިދިޔަ އަންގާރަ ދުވަހު ކަމަށް މާކް ގުރްމަންގެ ރިޕޯޓްގައިވެއެވެ.

އެޕަލްއިން 2014 ވަނަ އަހަރުން ފެށިގެން މަސައްކަތްކުރީ ޓެސްލާ ފަދަ ސެލްފް ޑްރައިވިން އީވީ ކާރެއް ސްޓިއަރިން ވީލްއެއް ނެތި މުޅިން އޮޓޮނޮމިސް ވެހިކަލެއްގެ ގޮތުގައި އުފެއްދުމަށެވެ.

މިއީ ކޮންސިއުމާ ޓެކް ޑިވައިސްތަކުގެ ބޭރުން މުޅިން އާ ޕްރޮޑަކްޓް ސެގްމަންޓަކަށް ވަނުމުގައި އެޕަލް ށް ލިބުނު ވަރަށް ނާދިރު ނާކާމިޔާބީއެކެވެ. އެހެންނަމަވެސް ޕްރޮޖެކްޓް ޓައިޓަން މެދުވެރިކޮށް އެޕަލްއިން ވަނީ ބެޓެރީ، ސޮފްޓްވެއާ، ވެހިކަލް އިންޓީރިއާ ފަދަ އެތައް ކަމެއްގެ ގާބިލުކަން އުފައްދައިފައެވެ.

ކާރު އުފެއްދުމުގެ މަސައްކަތް ހުއްޓައިލި ނަމަވެސް، ކާރު ޓީމުގެ ގިނަ އިންޖިނިއަރުންނާއި ޑިޒައިނަރުންނަށް އެޕަލްގެ އެހެން ތަންތަނުގައި މަގާމުތައް ދޭނެ ކަމަށް ސީއީއޯ ޓިމް ކުކް ވިދާޅުވިއެވެ. އެކަމަކު ހާޑްވެއާ ސައިޑުގައި ތިބި ބައެއް މީހުން ވަޒީފާއިން ވަކިވާން ޖެހިދާނެކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެއެވެ.

ކުކް ވިދާޅުވީ އަގުހުރި ތަޖުރިބާ ހުރި ޕްރޮޖެކްޓް ޓައިޓަންގެ ގިނަ މެމްބަރުން އާޓިފިޝަލް އިންޓެލިޖެންސާއި މެޝިން ލާނިން ޕްރޮޖެކްޓްތަކުގައި ފުލްޓައިމްކޮށް މަސައްކަތް ކުރުމަށް ބަދަލުކުރާނެ ކަމަށެވެ.

ޗެޓްޖީޕީޓީގެ މައްޗަށް މޮޑެލްކޮށްފައިވާ ޖެނެރޭޓިވް އޭއައިއަށް އެޕަލްގެ ޝައުގުވެރިކަން ވަނީ އިތުރުވެފައެވެ.

އެޕަލްއިން ގަބޫލުކުރާ ގޮތުގައި އެ ކުންފުނީގެ އީވީގެ ޕްލޭންތައް މިހާ ހިސާބަށް ތަރައްގީކުރަން ނިންމިއިރު، އެ ކުންފުނީގެ މުއްސަނދިކަން ދެ ޓްރިލިއަން ޑޮލަރުގައި ހުރި ނަމަވެސް، ކޮމްޕްލެކްސް އޮޓޯމޯޓިވް ބިޒްނަސް ސްކޭލް ކުރުމުގައި ހުރި ގޮންޖެހުންތައް ވަރަށް ގިނައެވެ.

ޓެސްލާ ފަދަ ބޮޑެތި ކުންފުނިތަކަށް ކާރު އުފެއްދުން އެޕަލްއިން ދޫކޮށްލަނީ މުސްތަގުބަލުގައި ދަތުރުފަތުރުގެ ނިޒާމަށް ވަރުގަދަ އިންގިލާބެއް ގެނައުމުގެ އުންމީދާއި ވާދަކުރުމުގެ މަގްސަދުގައި ކަމަށް ޓެކް ރިޕޯޓްތައް ބުނެއެވެ.

comment ކޮމެންޓް