ގަމުގައި އެންވަޔަންރަމެންޓަލް މެނޭޖްމެންޓް ކޯސް ހިންގަން އެންވަޔަރަމެންޓް މިނިސްޓްރީން ސްކޮލަޝިޕް ދެނީ

ގަމުގައި އެންވަޔަރަންމެންޓަލް މެނޭޖްމެންޓް ކޯސް، އެނަވަޔަރަމެންޓަލް މިނިސްޓްރީއާއި އެމްއެންޔޫ އެއްބަސްވުމެއްގައި ސޮއި ކޮށްފި-- ސަން ފޮޓޯ: އަމަން ލަތީފް

ލ. ގަމުގައި އެޑްވާންސް ސެޓްފިކެޓް އިން އެންވަޔަރަމެންޓަލް މެނޭޖްމެންޓް ކޯސް ހިންގަން ސްކޮލަޝިޕް ދިނުމުގެ ގޮތުން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމެންޓް އެންޑް އެނާޖީ އާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއާ ދެމެދު އެއްބަސްވުމެގައި މިއަދު ސޮއި ކޮށްފިއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރިގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ޒާހިރެވެ. އަދި އެމްއެންޔޫގެ ފަރާތުން ސޮއި ކުރެއްވީ ފެކަލްޓީ އޮފް އިންޖިނިއަރިން ސައިންސް އެންޑް ޓެކްނޮލޮޖީގެ ޑީން އާދަމް ޚާލިދެވެ.

މިކަމުގެ މައުލުމާތު ދެމުން އެމްއެންޔޫއިން ބުނީ މި ކޯހުގައި މިހާރު 18 ކުދިން ރަޖިސްޓަރު ވެފައިވާކަމަށެވެ. އަދި އެންވަޔަރަމެންޓް މިނިސްޓްރީން މި ކޯހުގެ ދަށުން 15 ސްކޮލަޝިޕް ދޭނެކަމަށް ވެސް އެ ޔުނިވަސިޓީންވަނީ ބުނެފައެވެ.

އަދި މި ކޯސް ކުރިއަށް ދާނީ ބްލެންޑެޑް މޯޑު، ނުވަތަ ކުދިން ތިބި ރަށުގައި ތިބެގެން ކިޔެވުމުގެ ފުރުސަތު ލިބޭގޮތަށް ކަމަށް އެ ޔުނިވާސިޓީން ވަނީ ބުނެފައެވެ. އަދި ކޮންމެ ސެމިސްޓާ އަކު ތިން ބްލޮކަށް ކުދިންނާއި ލެކްޗަރައިން ދިމާވަނެ ކަމަށް ވެސް އެ ޔުނިވާސިޓީން ވަނީ ބުނެފައެވެ.

ގަމުގައި އެންވަޔަރަންމެންޓަލް މެނޭޖްމެންޓް ކޯސް، އެނަވަޔަރަމެންޓަލް މިނިސްޓްރީއާއި އެމްއެންޔޫ އެއްބަސްވުމެއްގައި ސޮއި ކޮށްފި-- ސަން ފޮޓޯ: އަމަން ލަތީފް

މި ކޯހުގެ މޮޑިއުލް ތަކުގެ ތެރޭގައި ހިމެނޭނީ ތިމާވެށި ބެލެހެއްޓުމާއި، ބެލެހެއްޓުމަށް ބޭނުންވާ އެކި ހުނަރުތައް ދަސްކޮށްދިނުމެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަަމުން މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ޒާހިރު ވިދާޅުވީ ޔުނިވާސިޓީއާއިއެކު މިނިސްޓްރީއަށް ވަރަށް ގިނަ މަސައްކަތް ކުރެވިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އޭރު ކިޔަވައިދިނުމަށް މުދައްރިސުން ރާއްޖެއިން ބޭރުން ވެސް ތަމްރީނު ކުރި ކަމަށެވެ. އަދި އޭރު އެ ކޯހުގައި ބައިވެރިވި ކުދިން މިހާރު މިނިސްޓްރީގެ އެކި އެކި ދާއިރާތަކުގައި މަސައްކަތް ކުރަމުންދާކަން ވެސް އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ.

ގަމުގައި އެންވަޔަރަންމެންޓަލް މެނޭޖްމެންޓް ކޯސް، އެނަވަޔަރަމެންޓަލް މިނިސްޓްރީއާއި އެމްއެންޔޫ އެއްބަސްވުމެއްގައި ސޮއި ކޮށްފި-- ސަން ފޮޓޯ: އަމަން ލަތީފް

"ހުރިހާ ދާއިރާއަކުން ވެސް އަޅުގަނޑުމެން އެންމެ އިސްކަމެއްދޭ އެއް ކަމަކީޫ މީހުން ބިނާ ކުރުން. ތައުލީމީ މީހުންތަކެއް ނުކުމެގެން ނޫނީ އަޅުގަނޑުމެންނަށް އެންވަޔަރަމެންޓުގެ މަސައްކަތް ކުރެވޭނޭ އެއްވެސް މަގެއް ނުފެނޭ،" އޭނާ ވިދާޅުވިއެވެ.

ޔުނިވާސިޓީއާއި މިނިސްޓްރީން ގުޅިގެން ކުރިއަށްގެންދާ މި ކޯހަކީ އެއް އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށްދާނެ ކޯހެއް ކަމަށް ޔުނިވާސިޓީން ވަނި މައުލޫމަތު ދެއެވެ.

comment ކޮމެންޓް