ވިލިމާލެ ކައިރީގައި ދެ ލޯންޗު އެކްސިޑެންޓުވެ، ދެ ދިވެއްސަކަށް އަނިޔާވެއްޖެ

ވިލިމާލެ ކައިރިން އެކްސިޑެންޓުވި ދެ ލޯންޗުގެ ތެރެއިން އެއް ލޯންޗު: އެ ހާދިސާގައި ދެ ދިވެއްސަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނޭ -- ސަން ފޮޓޯ/ ކިޔުންތެރިއެއް

ވިލިމާލެ ކައިރީގައި މިރޭ ދެ ލޯންޗު އެކްސިޑެންޓުވެ، ދެ ދިވެއްސަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައިވާ ގޮތުން އެ ހާދިސާ ހިނގީ ވިލިމާލެ ވޯޓާ ސްޕޯޓްސްއާ ދިމާލު ކަނޑުމަތީގައެވެ.

އެ ހާދިސާގެ މައުލޫމާތު ލިބުނީ މިރޭ 19:48ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ހާދިސާގައި ދެ ދިވެހި ފިރިހެނުންނަށް އަނިޔާވެފައިވާ ކަމަށާއި އެ ދެ މީހުންނަށް ވިލިމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

މީގެ އިތުރުން އެކްސިޑެންޓު ހިނގި ސަރަހައްދުގައި މެރިން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް