މުހިންމީ ބޮޑެތި ސަރަހައްދުތައް ތަރައްގީކޮށް، ހިޖުރަކުރުން: ރައީސް

ރައީސް މުއިއްޒު ގއ. ވިލިނގިލީގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ދުރު ރާސްތާގެ ތަރައްގީއަށް މި ސަރުކާރުގެ ވިސްނުމަކީ ރާއްޖޭގެ ބޮޑެތި ސަރަހައްދުތައް ތަރައްގީކޮށް، އާބާދީ އެއްފަސްކުރުން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިހާރު ރައީސް ގއ. އަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ވިލިނގިލީގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އެ މަނިކުފާނު ވިދާޅުވީ ކޮންމެ ރައްޔިތަކީ ވެސް އެ މަނިކުފާނަށް މުހިންމު ރައްޔިތެއް ކަމަށެވެ. އަދި އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅުއްވާނެ ކަމަށެވެ.

ސަރަަހައްދީ ތަރައްގީއަށް ހިންގަންޖެހޭ ބޮޑެތި މަޝްރޫއުތައް ހިންގުމަކީ، ކުދި އާބާދީތައް ބާކީ ކުރުން ނޫންކަަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެއާއެކު ވެސް ރަށްރަށަށް ބޭނުންވާ އަސާސީ ކަންކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ދުރު ރާސްތާގެ ތަރައްގީއަށް މުހިންމީ، ވަކިވަކި ސަރަހައްދުތައް ތަރައްގީކުރުން ކަމަށާއި، އެއީ ކުދިކުދި ރަށްރަށުގައި، މީސްކޮޅު މަދު އާބާދީތަކުގެ މީހުން އެ ފަދަ ބޮޑެތި ސަރަަހައްދުތަކަށް ހިޖުރަކޮށް މަތީ ފެންވަރުގެ ދިރިއުޅުމެއް ހޯދޭނެ މަގުފަހިވާނެ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ގއ. ވިލިނގިލީގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

"އެކި ސަރަހައްދުތައް ތަރައްގީކުރެވޭނެ. ކުރެވުނީމަ ދުރު ރާސްތާއަށް މި ކުރެވޭ ކަމަކީ މި ދެންނެވި ކުދިކުދި ރަށްރަށުގެ ރައްޔިތުންގެ އިޚްތިޔާރުގައި އެ ތަންތަނަށް ހިޖުރަކުރާނެ. ކޮށް ސެޓަލްވާނެ. އެއީ އާމްދަނީގެ ގިިތުން ބެއްޔަސް ދެމެހެއްޓެނިވި ހައްލަކަށް ވާނެތީވެ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ސަރަހައްދީ ތަރައްގީގައި ވިލިނގިލި ވެސް ވާނީ މުހިންމު ރަށަކަށް ކަމަށެވެ. އެގޮތުން ވިލިނގިލީގައި ހިންގާ އެއާޕޯޓު މަޝްރޫއު ނިމޭއިރު ރަށަށް ބިން އިތުރުވެ، ބޯހިޔާވަހިކަމަށް ވެސް ފުރުސަތު ފަހިވާނެ ކަމަށް ވިދާޅުވިއެވެ.

"މި ރަށުގެ ތަރައްގީއަށް ޓަކައި ކުރަން މި ހުރި މުހިންމު ކަންކަން ހަމަ މިގޮތުގެ މަތީން ކުރިއަށްދާނެ،" ދައުރުގެ ތެރޭ ރަށަށް ބޭނުންވާ ކަންކަން ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވަމުން ރަައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ކެމްޕޭނުގައި ވެވަޑައިގެންނެވި ހުރިހާ ވައުދެއް ފުއްދަވާނެ ކަމަށެވެ. އަކުރުން އަކުރަށް ވައުދުތައް ލިޔެފައިވާ ފޮތެއް އެކުލަވައިިލެއްވީ، އިޚުލާސްތެރިކަމާއެކު އެ ކަން ހާސިލްކުރުމަށް ކަމަށް ވެސް ވިދާޅުވިއެވެ.

https://sun.mv/188989

މިއަދު ވިލިނގިލީގައި އޮތް ޖަލްސާގައި ވަނީ މި ރަށަށް ރައީސްގެ އެންމެ ބޮޑު ރިޔާސީ ވައުދުފުޅުކަމަށްވާ ބައިނަލްއަގްވާމީ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ހިންގަން ހަވާލުކޮށް ސޮއިކޮށްފައެވެ.

މި މަޝްރޫއުގެ ތެރެއިން 17 ރަށެއް ފަތުރުވެރިކަމަށް ތަރައްގީކޮށް، މި ސަރަހައްދުގައި 5،000އަށްވުރެ ގިނަ އެނދު ތަރައްގީކުރާނެއެވެ.

comment ކޮމެންޓް