އިރާނަށް ދައްކަންޖެހޭ ދަރަނި ލަންކާއިން ސައިފަތުން ދައްކަނީ

ސްރީ ލަންކާގައި އުފައްދާ ސައިފަތް -- ފޮޓޯ/އިންގްލިޝް އަރަބިޔާ

އިގުތިސާދީ އަނދަވަޅުން އަދިވެސް އަރައިގަނެފައިނުވާ ސްރީލަންކާއިން އީރާނަށް ދައްކަންޖެހޭ 251 މިލިއަން ޑޮލަރުގެ ތެލުގެ ދަރަނި އަދާކުރުމަށް 20 މިލިއަން ޑޮލަރުގެ ސައިފަތް އީރާނަށް އެކްސްޕޯޓުކޮށްފިއެވެ.

ތެލުގެ ބަދަލުގައި ސައިފަތް އެކްސްޕޯޓު ކުރުމަށް 2021 ވަނަ އަހަރު ޑިސެމްބަރު މަހު އެއްބަސްވެފައި އޮތް ނަމަވެސް ލަންކާގެ އިގުތިސާދީ ދަތިކަމުގެ ސަބަބުން އެކްސްޕޯޓްކުރުން އޭރު އޮތީ ލަސްވެފައެވެ.

"ބާޓާ ޓްރޭޑް އެއްބަސްވުމުގެ ދަށުން މިހާތަނަށް 20 މިލިއަން ޑޮލަރުގެ ސައިފަތް އީރާނަށް އެކްސްޕޯޓްކޮށްފައިވޭ،" ސްރީލަންކާގެ ބޮޑުވަޒީރު ދިނޭޝް ގުނަވަރްދަނާގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ބާޓާ އެއްބަސްވުމުގެ ފައިސާގެ ދަތިކަން ކުރިމަތިވެފައިވާ އީރާނަށް ސައިފަތް އިމްޕޯޓުކުރުމަށް ފައިސާ ބޭނުންނުކޮށްވާނެއެވެ. އޭއާ އެކު ބޭރު ފައިސާގެ ދަތިކަން ކުރިމަތިވެފައިވާ ލަންކާއަށް ވެސް ސައިފަތް އެކްސްޕޯޓުކުރުމުން ފައިދާވާނެއެވެ.

ބޭރު ފައިސާގެ ދަތިކަން ކުރިމަތިވެ، ލަންކާއިން ދައްކަންޖެހޭ 46 ބިލިއަން ޑޮލަރުގެ ލޯނު އޮތީ ނުދެއްކިއެވެ. ލޯނު ދެއްކުމަށް އެހީއެއްގެ ގޮތުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑު، (އައިއެމްއެފް)އިން ވަނީ 2.9 ބިލިއަން ޑޮލަރުގެ ލޯނު އެހީ ލަންކާއަށް ފޯރުކޮށްދީފައެވެ.

comment ކޮމެންޓް