ދިވެހި ރެޑް ކްރެސެންޓުގެ 'ޕާޓްނާސް ފޯ ހިއުމެނިޓީ އިނިޝިއޭޓިވް'ގައި ބީއެމްއެލްއިން ބައިވެރިވެއްޖެ

ދިވެހި ރެޑް ކުރެސެންޓުގެ "ޕާޓްނާސް ފޯ ހިއުމެނިޓީ އިނިޝިއޭޓިވް" ގައި ބީއެމްއެލް ބައިވެރިވުން: ފޮޓޯ

ދިވެހި ރެޑް ކުރެސެންޓުގެ "ޕާޓްނާސް ފޯ ހިއުމެނިޓީ އިނިޝިއޭޓިވް" ގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބައިވެރިވެއްޖެއެވެ.

ރެޑް ކުރެސެންޓުން ބުނީ ބީއެމްއެލްއިން މި ހަރަކާތުގައި ބައިވެރިވުން ވެގެން ދާނީ އެ އިނިޝިއޭޓިވް ކުރިއަށް ގެންދަން ލިބޭ ވަރަށް ބޮޑު ހިތްވަރަކަށް ކަމަށެވެ.

ރެޑް ކުރެސެންޓުން ކުރިއަށް ގެންދާ މި ހަރަކާތްތަކުގެ ތެރޭގައި ފުރަތަމަ އެހީ، ނަފްސާނީ، އަދި އިޖުތިމާއީ އެހީތެރިކަން ފޯރު ކޮށްދިނުމާއި، ކާރިސާ ތަކުން އަރައިގަތުމަށް ކުރަންޖެހޭ ތަފާތު މަސައްކަތްތައް ކުރުން ހިމެނެއެވެ.

މިއާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވަމުން އަންނަ ދިވެހި ރެޑް ކްރެސެންޓްގެ ޔުނިޓްތައް އިތުރަށް ތަރައްގީ ކުރުމަށް ވެސް މަގުފަހިވާނެ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ނާޒުކު ހާލަތްތަކުގައި ތިބޭ އާއިލާތަކަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލްއިން އަންނަނީ ތަފާތު ޕްރޮގްރާމްތައް ހިންގަމުންނެވެ.

comment ކޮމެންޓް