އެމްއެންޔޫ ކާބޯތަކެތީގެ މައުރަޒު، ''ފަހި ސުފުރާ'' އަންނަ މަހު ބާއްވަނީ

އެމް.އެން.ޔޫ "ފަހި ސުފުރާ" މައުރަޒެއްގެ ތެރެއިން -- ސަން ފޮޓޯ / މުހައްމަދު ހައްޔާން

އެމްއެންޔޫއިން އިންތިޒާމުކޮށްގެން "ފަހި ސުފުރާ"ގެ ނަމުގައި ކާބޯތަކެތީގެ މައުރަޒެއް ބޭއްވުމަށް ނިންމައިފިއެވެ.

އެމްއެންޔޫއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މި މައުރަޒަކީ ދިވެހިންގެ ތެރޭގައި ތިބި ކާބޯތަކެތި އުފައްދާ މީހުންގެ ހުނަރު އާއްމުންނަށް ދައްކާލުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމުގެ ގޮތުން ބާއްވާ މައުރަޒެއް ކަމަށެވެ.

މި މައުރަޒުގައި ހިލޭ ބައިވެރިވެވޭއިރު، ބައިވެރިވާން ބޭނުންވާ މީހުން އަންނަ ހޮނިހިރު ދުވަހުގެ ރޭގެ 23:00ގެ ކުރިން ފޯމު ހުށަހެޅުމަށް އެ ޔުނިވާސިޓީއިން އެދެއެވެ.

މި މައުރަޒު ކުރިއަށް ދާނީ އަންނަ މަހުގެ ތިންވަނަ ދުވަހާއި ހަތަރުވަނަ ދުވަހުގެ މެންދުރު 14:00 އިން ހަވީރު 18:00 އަށް، އަދި ރޭގަނޑު 20:00 އިން 22:00 އަށް އެމްއެންޔޫގެ އިދާރީ މަރުކަޒުގައެވެ.

އެމްއެންޔޫއިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކުވެސް މިފަދަ ތަފާތު އެތައް އިވެންޓުތަކެއް އަންނަނީ ބާއްވަމުންނެވެ.

comment ކޮމެންޓް