އައްޑުއަށްފަހު، ފުވައްމުލަކަށް ރައީސް ވަޑައިގެންފި

ރައީސް ޑރ. މުޙައްމަދު މުއިއްޒު ފުވައްމުލަކަށް ވަޑައިގަތުން: ފުރަތަމަ އައްޑުއަށް ވަޑައިގަތުމަށް ފަހު، ފުވައްމުލަކަށް ޒިޔާރަތް ކުރެއްވުމަށް ފަހު ރައީސް ދެން ވަޑައިގަންނަވާނީ ގއ. އަތޮޅަށް -- ފޮޓޯ/ ރައީސް އޮފީސް

ދެކުނުގެ ހަތަރު އަތޮޅަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވި އައްޑު އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގަތުމަށްފަހު މިއަދު ހަވީރު ރައީސް ޑރ. މުޙައްމަދު މުއިއްޒު ފުވައްމުލަށް ސިޓީއަށް ވަޑައިގެންފިއެވެ.

ފަސް ދުވަހުގެ މި ދަތުރުފުޅުގައި ރައީސް ދެން ވަޑައިގަންނަވާނީ ގއ.ގެ ބައެއް ރަށްތަކަށާއި ގދ.ގެ ބައެއް ރަށްތަކަށެވެ. ނަމަވެސް އަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލްތަކާ އެ މަނިކުފާނު ބައްދަލުކުރައްވާނެއެވެ.

ގދ.ގެ ރަށްތަކުގެ ތެރެއިން ރައީސް ވަޑައިގަންނަވާނީ، ފަރެސްމާތޮޑާ، މަޑަވެލި، ތިނަދޫ، އަދި ގައްދުއަށެވެ.

ގއ.ގެ ރަށްތަކުގެ ތެރެއިން ރައީސް ވަޑައިގަންނަވާނީ ގެމަނަފުށި، ކޮނޑޭ، ވިލިނގިލި، ކޮލަމާފުށި، އަދި ދާންދުއަށެވެ.

މި ދަތުރުފުޅުގައި ވެސް ރައީސްގެ އަރިހުގައި، މި ރަށްރަށަށް ނިސްބަތްވެވަޑައިގަންނަވާ ކެބިނެޓް މިނިސްޓަރުންނާއި، ރައީީސް އޮފީހުގެ އިސް މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވައެވެ.

އައްޑުއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވަނީ އެ ސިޓީގައި ހިންގާނެ އެންމެ މުހިންމު ބޮޑު އެއް މަޝްރޫއުކަމަށްވާ ހުޅުދޫ، މީދުއާއި ހިތަދޫ ގުޅައިލާ ބްރިޖުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

މިއީ އެ ސިޓީގެ ރައްޔިތުން އެންމެ އުންމީދުކުރާ މަޝްރޫއެވެ.

comment ކޮމެންޓް