މެރަތަން ރެކޯޑު އޮތް ކިޕްޓަމް އެކްސިޑެންޓެއްގައި މަރުވެއްޖެ

ދިގު ދުވުމުން ދުނިޔޭގެ ރެކޯޑު ހޯދައިފައިވާ ކެލްވިން ކިޕްޓަމް -- ފޮޓޯ/ޓައިމްސް ނައު

ދިގު ދުވުމުން ދުނިޔޭގެ ރެކޯޑު ހޯދައިފައިވާ ކެލްވިން ކިޕްޓަމް ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެއެވެ.

ކެންޔާގައި ހުކުރު ދުވަހުގެ ރޭ ދަންވަރު ހިނގި އެ އެކްސިޑެންޓުގައި އޭނާގެ ކޯޗު ގެރްވިސް ހަކިޒީމާނާ ވެސް ވަނީ މަރުވެފައެވެ.

ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ހާދިސާ ހިނގައިފައިވަނީ ކެންޔާގެ ހުޅަނގުގެ އެލްޑޯރެޓްއާއި ކަޕްޓަގަޓްއާއި ދެމެދު މެދުގައި އޮންނަ މަގެއްގައެވެ. އެ ސަރަހައްދަކީ ދުރަށް ދުވާ ދުވުންތެރިންގެ ތަމްރީނުތައް ހަދާ މައިގަނޑު ސަރަހައްދެކެވެ.

އުމުރުން 24 އަހަރުގެ ކިމްޓަމް އަކީ ރަސްމީ ރޭހެއްގައި ދެ ގަޑިއިރާއި އެއް މިނެޓުގެ ތެރޭގައި މެރެތަން ދުވި ފުރަތަމަ ދުވުންތެރިޔާއެވެ. އޭނާ ވަނީ 2:35 މިނެޓުން ދުވުން ނިންމައި ރެކޯޑު ގާއިމުކޮށްފައެވެ. އޭނާ މަރުވިއިރު، އަންނަ އޭޕްރީމް މަހު ބާއްވާ ރޮޓާޑަމް މެރެތަންގައި ބައިވެރިވުމަށް އޮތީ ހަމަޖެހިފައެވެ.

ކުރިން 2022 ވަނަ އަހަރު ބޭއްވި ވެންސިއާ މެރެތަންގައި ވެސް ކިޕްޓަމް ވަނީ އަލަށް ދުވި ދުވުންތެރިއަކު މިހާތަނަށް ދުވި އެންމެ ހަލުއި ދުވުން ދެވެފައެވެ. އޭގެ ފަހުން ޖެހިގެން އައި އަހަރު އޭނާ ވަނީ ދުނިޔޭގެ އެންމެ ޝަރަފުވެރި ދެ މެރެތަން ކަމަށްވާ ލަންޑަނާއި ޝިކާގޯ ރޭސް ކާމިޔާބުކޮށްފައެވެ.

ކިޕްޓަމް މަރުވުމާ ގުޅިގެން ގިނަ ބަޔަކު ވަނީ ހިތާމައިގެ މެސެޖްތައް ފޮނުވައިފައެވެ. އޭގެ ތެރޭގައި ދުނިޔޭގެ އެތްލެޓިކްސްގެ ރައީސް ސެބޭސްޓިއަން ކޭއޯ ވެސް ހިމެނެއެވެ.

comment ކޮމެންޓް