އދ.ގެ އާންމު މަޖިލީހުގައި ފާސްކޮށްފައިވާ, ބަޔޯޑައިވާސިޓީ ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން (ބީބީއެންޖޭ)ގައި ރާއްޖޭން ބައިވެރިވުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ހޯދަން ހުށަހެޅުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ.
ރައީސް އޮފީހުން ބުނީ ރައީސް މިފަދައިން ނިންމަވާފައިވަނީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، އެ މުއާހަދާގައި ރާއްޖޭން ބައިވެރިވާން ލަފާދީ އެންވަޔަރަމެންޓް މިނިސްޓްރީން ހުށަހަޅާފައިވާ ކަރުދާހަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ފަހު ކަމަށެވެ.
އެމުއާހަދާއަކީ މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ހިމަޔާތްކޮށް ރައްކާތެރިކުރުމަށާއި، ދެމެހެެއްޓެނިވި ގޮތެއްގައި ދިރުންތަކާއި ސަރަހައްދުތައް ބޭނުންކުރުމަށް އެކުލަވާލާފައިވާ މުއާހަދާއެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ މި މުއާހަދާ އެކުލަވައިލެވުމަކީ، މާކަނޑުގެ ދިރުންތަކާއި މާހައުލު ރައްކާތެރިކޮށް ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ ގޮތުން ކުރި އެންމެ މުހިންމު މަސައްކަތް ކަމަށެވެ. އެފަދަ މުއާހަދާއެއްގައި ރާއްޖޭން ބައިވެރިވުމަކީ މުހިންމު ކަމެއް ކަމަށް ވެސް ރައީސް އޮފީހުން ފާހަގަކުރިއެވެ.
ރައީސް އޮފީހުން ބުނީ މި މުޢާހަދާގައި ދުނިޔޭގެ 83 ގައުމަކުން މިހާތަނަށް ސޮއިކޮށްފައިވާ ކަމަށެވެ.