އަލްމަރާއި ޖޫހުގެ ރަހަ ބަލައިލުމުގެ ފުރުސަތެއް

މި ހަރަކާތް އޮންނާނީ ހުޅުމާލެ ދެވަނަ ފިޔަވަހި ވިލާ މާޓް ހަތަރެއް-- ފޮޓޯ/ވިލާ ޓްރޭޑިން

ވިލާ ޓްރޭޑިންއިން އެތެރެކޮށް ވިއްކާ އަލްމަރާއި ޖޫހުގެ ރަހަ ބެލުމުގެ ފުރުސަތު ލިބޭ ހަރަކާތެއް އަންނަ ހޮނިހިރު ދުވަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބާއްވަން ނިންމައިފިއެވެ.

ވިލާ ޓްރޭޑިންއިން ބުނި ގޮތުގައި އެ ހަރަކާތް އޮންނާނީ ހުޅުމާލެ ދެވަނަ ފިޔަވަހި ވިލާ މާޓް ހަތަރެއްގެ ކުރިމަތީގައި، ހޮނިހިރު ދުވަހު ހަވީރު 4:00 އިން ހަވީރު 6:00އަށް ކަމަށެވެ.

އެ ހަރަކާތް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ މަތީ ފެންވަރުގެ މި ޖޫހުގެ ރަހަ އާއްމު ފަރާތްތަކަށް ދެއްކުން ކަމަށް ވިލާ ޓްރޭޑިންއިން ބުންޏެވެ.

އެ ކުންފުނިން ބުނާ ގޮތުގައި، އަލްމަރާއި ތާޒާ ޖޫސް ޕެކެޓަކީ ފެންވަރު ރަނގަޅު މޭވާއިން ތައްޔާރުކުރާ ޕެކެޓްތަކެއްކަން އަލްމަރާއިއިން ކަށަވަރުކޮށްދެއެވެ. އަދި އިތުބާރު ކުރެވޭ ސަޕްލަޔަރުންގެ ފަރާތުން ބޭނުންވާ ބާވަތްތައް ހޯދައި، ޖޫސް އުފެއްދުމުގެ މަރުހަލާގައި ކޮލިޓީ ކޮންޓްރޯލް ކުރުމުގެ އެންމެ މަތީ މިންގަނޑުތައް އެ ބްރޭންޑުން ދަމަހައްޓާ ކަމަށް ވިލާ ޓްރޭޑިންއިން ބުންޏެވެ.

މި ޖޫސް ޕެކެޓްތައް ފަރުމާކޮށްފައި ވަނީ ޖޫހުގެ ތާޒާކަމާއި ރަހަ ހިފެހެއްޓޭ ގޮތަށް ކަމަށާއި އެއާ ޓައިޓް ޕެކޭޖިންގެ ސަބަބުން ހަލާކުވުން ހުއްޓުވައި، ނިއުޓްރިއަންޓްސް ހިފަހައްޓައި، ތާޒާ އަދި ރަހަމީރު ބުއިމެއްކަން ކަށަވަރުކޮށްދޭ ކަމަށް ވިލާ ޓްރޭޑިންއިން ބުންޏެވެ.

ހަމައެއާއެކު، އަލްމަރާއިގެ ތާޒާ ޖޫސް ޕެކެޓުތަކުގެ ރަހަ ރަނގަޅުވުމުގެ އިތުރުން މޭވާގައި ގުދުރަތީ ގޮތުން އެކުލެވޭ މުހިންމު ވިޓަމިންތަކާއި މިނަރަލްސް ވެސް އެކުލެވޭ ކަމަށާއި އެއީ ކޮންމެ ދުވަހަކު ވެސް ހަށިގަނޑަށް ލިބިދޭން ޖެހޭ ބައިތައް ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެއިތުރުން، އެ ކުންފުނީގެ ކަސްޓަމަރުންގެ ލުއިފަސޭހައަކަށް ވިލާ މާޓްގެ ވެބްސައިޓް މެދުވެރިކޮށް، ފަސޭހަކޮށް ވިޔަފާރިކުރެވޭނެ އިންތިޒާމް ވެސް ހަމަޖައްސާފައިވާ ވިލާ ޓްރޭޑިންއިން ބުންޏެވެ. އެ ވެބްސައިޓަކީ ވިލާ މާޓުން ލިބެންހުރި އުފެއްދުންތަކާ ބެހޭ މައުލޫމާތުގެ އިތުރުން އީ-ކޮމާސް ތަޖުރިބާކުރެވޭ ގޮތަށް އުފައްދާފައިވާ ވެބްސައިޓެކެވެ.

ވެބްސައިޓްގެ އިތުރުން، އޮންލައިންކޮށް ވިޔަފާރިކުރަން ބޭނުންވާ ކަސްޓަމަރުންނަށް އެޕް ސްޓޯރާއި ގޫގުލް ޕްލޭ ސްޓޯރުން ވިލާ މާޓްގެ އެޕްލިކޭޝަން ޑައުންލޯޑް ކުރެވޭނެއެވެ.

ވިލާ ޓްރޭޑިންއިން ބުނީ، އެ ކުންފުނީގެ އަމާޒަކީ ކޮސްމެޓިކްސް އާއި ގޭތެރޭގެ އެހެނިހެން ސާމާނު ފަދަ އެހެނިހެން ބާވަތްތަކާއެކު ފެންވަރު ރަނގަޅު ކާބޯތަކެއްޗާއި ބުއިންތައް ބާޒާރަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި ވިލާ މާޓުން މަސައްކަތްކުރަނީ ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ބޭނުންވާ އުފެއްދުންތައް އެންމެ ފަސޭހައިން ލިބެން ހުންނަ ގޮތަށް ހަމަޖައްސައިދީ އެ ބޭނުންތައް ފުއްދައިދިނުމަށް ކަމަށް ވިލާއިން ބުންޏެވެ.

comment ކޮމެންޓް