ކެންސަރު ފަރުވާއަށްފަހު މިނިސްޓަރު ރަމީލާ އޮފީހަށް ނިކުންނަން ފައްޓަވައިފި

މި ސަރުކާރުގެ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ --

މި ސަރުކާރުގެ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާއަށް ކެންސަރު ޖެހިފައިވާތީ ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށްފަހު، ފަރުވާއަށްފަހު މިއަދު އޮފީހަށް ނިކުންނަވައިފިއެވެ.

އެގްރިކަލްޗާ މިނިސްޓްރީން "ސަން"އަށް މައުލޫމާތު ދިން ގޮތުގައި މިއަދު މިނިސްޓަރުވަނީ އޮފީހަށް ވަޑައިގެން މަސައްކަތް ފައްޓަވައިފައެވެ.

ރަމީލާ ރާއްޖެއިން ބޭރަށް ފަރުވާއަށް ވަޑައިގަންނަވަން ނިންމެވީ މިދިޔަ ނޮވެމްބަރު މަހުގެ 17ވަނަ ދުވަހެވެ.

މިނިސްޓަރު ރަމީލާ ކުރިން ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާއަށް ކެންސަރު ޖެހިފައިވާތީ ފުރައިވަޑައިގަތީ އެޗްއައިޕީއީސީ ކީމޯ އާއި ރޭޑިއޭޝަންގެ ފަރުވާއަށް ކަމަށެވެ.

ބަލި ހާލަތާ ގުޅޭ އިތުރު ތަފްސީލެއް މިނިސްޓަރު ހާމަ ކުރައްވައިފައެއް ނުވެއެވެ.

އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީއަކީ މި ސަރުކާރުުން އަލަށް އުފެއްދި މިނިސްޓްރީއެެކެވެ. އެ މިނިސްޓްރީގެ މައިގަނޑު މަސައްކަތަކަަށްވާނީ ދަނޑުވެރިކަން ބެލެހެއްޓުމާއި ޖަނަވާރާ ގުޅޭ ކަންކަން ބެލުމެވެ.

comment ކޮމެންޓް